އެސްޓަން ވިލާ އާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ތެރެއިން
އެސްޓަން ވިލާ އާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ތެރެއިން
ކުޅިވަރު 01 Jan 2023 | 19:21

އެސްޓަންވިލާ އަތުން ބަލިވެ ގަދަ ހަތަރަކަށް އަރަން ލިބުނު ފުރުސަތު ޓޮޓެންހަމް އިން ނަގާލައިފި!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އާއި ވަދަކޮށް 2-0 ން ބަލިވެ، ލީގުގެ ހަތަރުވަނަ މަޤާމަށް އެރުމަށް ލިބުނު ފުރުސަތު ޓޮޓެންހަމްއިން ނަގާލައިފިއެވެ.

ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަގެންގުޅެ މެޗު ޑޮމިނޭޓްކުރީ ޓޮޓެންހަމް އިންނެވެ. ނަަމަވެސް މިހާފުގައި ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ އެސްޓަން ވިލާ އިންނެވެ. އެޓީމުން ފުރަތަމަ ހާފުގައި 13 ހަމަލާއެއް އުފެއްދި އިރު ޓޮޓެންހަމް އަށް އުފެއްދިފައިވަނީ 6 ހަމަލާއެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެޓިމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި 0-0 ދެޓީމު އެއްވަރުވެގެން ނެވެ.

އެސްޓަން ވިލާ އާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ތެރެއިން

ނަމަވެސް ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެނުވެ އެސްޓަން ވިލާއިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު ފަހު ހާފުގެ 50 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ މިޑްފީލްޑަރ އެމިލިއާނޯ ބުއެންޑިއާ އެވެ. މިލަނޑަކީ އިގިރޭސި ފޯވާޑް އޮލީ ވޮޓްކިންސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ހާފުގައި ވެސް ގިނަވަގު ބޯޅަގެންގުޅުނީ ޓޮޓެންހަމް އިންނެވެ. ނަމަވެސް މިހާފުގައި އެސްޓަން ވިލާގެ ހަމަލާތައް ފުރަތަމަ ހާފަށްވުރެ އިތުރުވެފައި ނުރައްކާތެރި އެވެ. ނަތީއްޖާއެއްގެ ގޮތުން އެޓީމުގެ ދެވަނަ ލަނޑު ދެވަނަ ހާފުގެ 73 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބުރެޒިލްގެ މިޑްފީލްޑަރ ޑަގްލަސް ލުއިޒް އެވެ. މިއީ ސްކޮޓްލޭންޑްގެ މިޑްފީލްޑަރ ޖޯން މެކްގިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ލުއިޒް ކާމިޔާބުކުރި ގޯލެކެވެ. މި އާއި އެކު މެޗުގެ ކުޅުން ނިމުނީ 2-0 ން އެސްޓަން ވިލާ މޮޅުވެގެން ނެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 17 މެޗުން 21 ޕޮއިންޓް ހަމަކޮށް އެސްޓަން ވިލާ ވަނީ ލީގުގެ 12 ވަނަ އަށް ޖެހިލާފައެވެ. އަދި މިރޭގެ މެޗުން ބަލިވި ޓޮޓެންހަމް އަށް 17 މެޗުން ލިބިފައި ވަނީ 30 ޕޮއިންޓާއި އެކު ލީގު ތާވަލުގެ 5 ވަނަ އެވެ. ލީގުގެ ހަތަރު ވަނާގައި މިވަގުތު އޮތީ 16 މެޗުން 32 ޕޮއިންޓައި އެކު މެންޗެސްޓަރ ޔުނައިޓެޑެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް