ގަނާޗޯ
ގަނާޗޯ
ކުޅިވަރު 02 Mar 2023 | 06:19

ފަހަތުން އަރާ ވެސްޓް ހޭމް ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް އެފްއޭ ކަޕް ކުއާޓާ އަށް!

އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ފަހަތުންއަރާ ވެސްޓްހޭމް ޔުނައިޓެޑް ބަލިކޮށް, މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިފިއެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުހޯދީ ވެސްޓްހޭމުންނެވެ.މި ލަނޑު ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ އަލްޖީރިއާ މިޑްފީލްޑަރ ސާއިދް ބެންރަހްމާއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އެ ޓީމްގެ އިޓަލީ ޑިފެންޑަރ އެމާސަން ތަނަވަކޮށްދިން ފުރުސަތެއްގައެވެ.

ޔުނައިޓެޑަށް މެޗުގެ ނަތީއްޖާ އެއްވަރުވީ ފަހުހާފުގެ 77 ވަނަ މިނެޓުގައި ވެސްޓްހޭމްގެ ޑިފެންޑަރ ނެޔެފް އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. ޔުނައިޓެޑަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ލިބިފައި ވަނީ މެޗުގެ ފަހު މިނެޓުގައި އެ ޓީމްގެ ޒުވާން ފޯވާޑް ގަނާޗޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ޔުނައިޓްގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭ ވެގްހޯސްޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބުރެޒިލްގެ މިޑްފީލްޑަރ ފްރެޑްއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް