ލިވަޕޫލްގެ ސަލާހް ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ލިވަޕޫލްގެ ސަލާހް ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ކުޅިވަރު 02 Mar 2023 | 07:15

ވުލްވްސް ބަލިކޮށް ލިވަޕޫލަށް މުހިންމު މޮޅެއް!

އިގިރޭސި ޕްރެމިއާ ލީގުގައި ރޭ ވުލްސް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ލިވަޕޫލުން އެޓީމުގެ ބަލިވުމުގެ ސިލްސިލާއަށް ނިމުމަކަށް ގެނެސްފިއެވެ.

ލިވަޕޫލުން އަމިއްލަ ދަނޑުގައި ރޭ ކުޅެވުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާކުރެވިފައި ނުވާއިރު މިހާފުގައި ލަނޑުޖަހާނެ އެންމެ ހުސްފުރުސަތެއް ލިބުނީ ވުލްވްސް އަށެވެ. މެޗު ފެށިގެން ތިން ވަނަ މިނެޓުގައި ލިވަޕޫލް ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ޖޯމޮޓީނިއޯ ފޮނުވާލި ހަމަލާ ލިވަޕޫލްގެ ކީއްޕަރު ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނު ނަމަވެސް ދެވަނަ ހާފުގައި އެޓީމުން ވަނީ ކުޅުން ރަގަޅުކޮށް ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

އެޓާމުގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ޑިއެގޯ ޖޮޓާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޑިފެންޑަރ ވެންޑައިކް ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު 77 ވަނަ މިނެޓުގައި ސިމިކާސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ މުހައްމަދު ސަލާހްއެވެ.

ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުން އަންނަ ލިވަޕޫލް މި ވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ. އެ ޓީމަށް 24 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު ފަސްވަނާގައި އޮތް ނިއުކާސަލްއަށް 23 މެޗުން ލިބިފައި ވަނީ 41 ޕޮއިންޓެވެ. ލިވަޕޫލް އަތުން ބަލިވި ވުލްވްސް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 15 ވަނާގައެވެ. އެ ޓީމަށް 25 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް