14 ވަނަ އޭޝިއަން ކްރޮސް ކަންޓްރީ ޗެންޕިއަންޝިޕް 2018 ގެ ތެރެއިން
14 ވަނަ އޭޝިއަން ކްރޮސް ކަންޓްރީ ޗެންޕިއަންޝިޕް 2018 ގެ ތެރެއިން
ކުޅިވަރު 02 Mar 2023 | 14:32

އޭޝިއަން ކްރޮސް ކަންޓްރީ ޗެންޕިއަންޝިޕުގައި ބައިވެރިވާ ޤައުމީ ޓީމު އިއުލާންކޮއްފި!

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މިމަހު ހަތްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 16 ވަނަ އޭޝިއަން ކްރޮސް ކަންޓްރީ ޗެންޕިއަންޝިޕުގައި ބައިވެރިވާ ރައްޖޭގެ ގައުމީ ޓީމު މިއަދު އިއުލާން ކޮއްފިއެވެ. މި ޓީމުގައި ހިމެނެނީ 3 އެތްލީޓުންނާއި އެއް އޮފިޝަލުންނެވެ.

16 ވަނަ ކްރޮސް ކަންޓްރީގައި ބައިވެރިވާ އެތްލީޓުންނަކީ މުހައްމަދު ފަވާޒު, ޔޫސުފް އިބްރާހިމް އަދި މުހައްމަދު އިރުފާން އެވެ. މި ޓީމުގެ ކޯޗަކީ ތަޖުރިބާކާރު ކޯޗު އަބްދުﷲ އިބްރާހިމް އެވެ.

ވޯއިސް އެމްވީއަށް މައުލޫމާތް ދެއްވަމުން އެތްލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ އަހުމަދު މުންތަގިމް ވިދާޅުވީ މިމުބާރާތުގައި ބައިވެރިވާ ހުރިހާ އެތްލީޓުން ވެސް ވާދަކުރާނީ 10 ކިލޯމީޓަރ އިވެންޓުގައި ކަމަށެވެ.

މުންތަގިމް އިތުރަށް ވިދާޅުވީ މި މުބާރާތައް ސެލެކްޓްވެފައިވާ އެތްލީޓުންނަކީ ފާއިތުވި ތިން މަސްދުވަހު ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވި 10 ކިލޯމީޓަރ އަދި ހާފް މެރަތަން އިވެންޓުތަކުގައި ބައިވެރިވި އެތްލީޓުންގެ ޓައިމިންގ އަށް ބެލުމަށް ފަހު ޓައިމިން އެންމެ ރަގަޅު އެތުލީޓުން ކަމަށެވެ.

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މި މަހު ހަތެއްގައި ފަށާ މި މުބާރާތުގައި ހަތަރު އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. އެއީ އޯޕަން ކެޓަގެރީގައި އަންހެން އަދި ފިރިހެން 10 ކިލޯމީޓަރ 20 އަހަރުން ދަށުގެ ފިރިހެން 8 ކިލޯމީޓަރ އަދި އަންހެން 6 ކިލޯމީޓަރ ދުވުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް