ޑެޑްލައިން ޑޭ: ޔުވެންޓަސް ދޫކޮށް އާތާ ލިވަޕޫލަށް
މި އަހަރުގެ ހޫނު މޫސުމުގެ ފުޓްބޯޅަ ޓްރާންސްފާ މާކެޓުގެ ޑެޑްލައިން ޑޭ ގައި އިޓަލީގެ ޔުވެންޓަސް ދޫކޮށް ބްރެޒިލްގެ މިޑްފީލްޑާ އާތާ މެލޯ ލިވަޕޫލާއި ގުޅިއްޖެއެވެ.
މެދުތެރެއަށް ކުޅޭ ބައެއް ކުޅުންތެރިންނަށް އަނިޔާވެ މި ސީޒަނުގެ ލީގުގައި ލިވަޕޫލުން އަންނަނީ އެ ޓީމުގެ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން އާތާ ލިވަޕޫލާއި ގުޅިފައިވަނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ސީޒަން ނިމުމުން 37.5 މިލިއަން ޔޫރޯގެ އަގަކަށް އާތާ ގަތުމުގެ ފުރުސަތުވެސް ލިވަޕޫލަށް ލިބޭނެ ގޮތަށް އެއްބަސްވުމުގައި ވާކަމަށްވެސް ރިޕޯޓުތައް ބުނެފައިވެއެވެ.
މެޑިކަލް ޓެސްޓުތައް ނިމިފައިވިއަސް އަދި އާތާގެ ވިސާއާއި އެހެން ބައެއް ޑޮކިއުމެންޓުތައް އަދި ނިމިފައި ނުވާއިރު، ލިވަޕޫލުން ދެން ލީގުގައި ކުޅޭ މެޗުގައި އޭނާ ފެންނާނެ ކަމަކަށް ނުބެލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް