ރަތަފަންދޫ އަންހެނެއްގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް، ފުުލުހުން ބަލަނީ
ގދ.ރަތަފަންދޫގައި ރޭ މަރުވި އަންހެނެެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ކުއްލި ގޮތަކަށް މަރުވި މި އަންހެންމީހާގެ މައްސަަލަ ބަލަން ފެށީ އެމަރުގައި ޝައްކުކުރެވޭފަދަ ކަންތައްތަކެއް ހުރުމުންނެވެ.
44އަހަރުގެ މި އަންހެންމީހާގެ މަރުގެ މައުލޫމާތު ފުލުހުންނަށް ރޭ ދަންވަރު ފޯރުކޮށްދިނީ އެރަށު ހެލްތް ސެންޓަރުންނެވެ.
މި އަންހެންމީހާ ހެލްތު ސެންޓަރަށް ގެނައި އިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ. އެ ފަރާތުން މި ހާދިސާ ދަނީ ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް