އިހްސާން ފިހާރައިގެ އައު ގޮފި
އިހްސާން ފިހާރައިގެ އައު ގޮފި
ވިޔަފާރި 03 Nov 2023 | 11:03

24 ގަޑިއިރު ޚިދުމަތްދޭ, އިހްސާން ފިހާރައިގެ އައު ގޮތްޕެއް ހުޅުމާލޭގައި ހުޅުވައިފި!

24 ގަޑިއިރު ޚިދުމަތްދޭ، އިހުސާން ފިހާރައިގެ އަައު ގޮތްޕެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި މީހުން އަލަށް އާބާދުވެފައިވާ، ފޭސް 2 ގައި އިމާރަތްކޮށްފައިވާ ވިނަރެސް ފްލެޓް 10 ވަނަ ޓަވަރުގެ ގްރައުންޑް ފުލޯގައި 'އިހުސާން ފިހާރަ 3' ގެ ނަމުގައި ހުޅުވިގެންދިޔަ މި ފިހާރައިން 24 ގަޑިއިރު ޚިދުމަތް ލިބޭނެ ކަމަށް އެ ފިހާރައިން ބުނެއެޗެ.

ހުޅުމާލޭގައި އިހްސާން ފިހާރައިގެ އައު ގޮތްޕެއް ހުޅުވުމާއި ގުޅިގެން، އެކަމާއި ގުޅޭ މައުލޫމާތު 'ވޮއިސް' އަށް ދެއްވަމުން އިހްސާން ފިހާރައިގެ ޖެނަރަލް މެނޭޖަރ މުހައްމަދު އިހްސާން ވިދާޅުވީ، ހުޅުމާލޭގައި މި ހުޅެވުނު ފިހާރައާއި އެކު ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މާލެއާއި އެއްއަގެއްގައި ހުރިހާ މުދަލެއްވެސް ލިބިގެން ދާނެކަމަށެވެ. އަދި އޭގެ ސަބަބުން ގިނަ އަދަދެއްގެ މުދާ އެއްތާކުން ލިބިގެން ދާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އުއްމީދަކީ އަބަދުވެސް ރައްޔިތުންގެ މެދުގައި އިހްސާން ފިހާރައާއި މެދު އުފެދިފައިވާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުން" އިހްސާން ވިދާޅުވި އެވެ.

އިހްސާން އިތުރަށް ވިދާޅުވީ، މި ހުޅެވުން ފިހާރައިގައި 2 ފަންގިފިލާ އިންކަމުގައި ވީނަމަވެސް ފުރަތަމަ ރައްޔިތުންނަށް ހުޅުވާލާފައިވަނީ ގްރައުންޑު ފުލޯކަމަށާއި، ވީހާވެސް އަވަހަށް ފުރަތަމަ ފަންގިފިލާވެސް ރައްޔިތުންނަށް ހުޅުވާލާނެ ކަމަށެވެ.

އަދި ފުރަތަމަ ފަންގިފިލާ ހުޅުވާލުމާއި އެކު، އެ ފިހާރައިން ހައުސް ހޯލްޑު، އިލެކްޓްރޯނިކްސް، ގާމެންޓްސްގެ އެކި ވައްތަރުތައް ކަސްޓަމަރުންނަށް އެއްތާކުން ލިބިގެން ދާނެކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ފަސްޓް ފުލޯގައި ޓޭކްއަވޭ ޕޭސްޓްރީ ކޯނާއެއް އިންނާނެ ކަމަށާ އިހްސާން ވިދާޅުވި އެވެ.

އެހެން އިހްސާން ފިހާރަ 3 ވެގެން ދާނީ ހުޅުމާލޭގެ ރައްޔިތުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ލުޔެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިހްސާން ފިހާރައަކީ މޭލޭގައި 2 ވަނައަށް އެންމެ ބޮޑު ސުޕަމާޓް ވިޔަފާރިކުރަމުން އަންނަ އަދި ރައްއިތުންގެ މެދުގައި އަގުހެކޮށް މުދާވިއްކުމުގައި މަޝްހޫރުކަން ހޯދާފައިވާ ފިހާރައެކެވެ.

އެ ފިހާރައަކީ 1988 ވަނަ އަހަރުން ފެށިގެން މާލޭގައި ސުޕަމާކެޓް ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކުންފުންނެކެވެ. އިހްސާން ފިހާރައިގެ ގޮފިތައް މާލެ، ވިލިގިލި އަދި މިފިހާރައާއި އެކު ހުޅުމާލޭގައި ވެސް ދިރިއުޅޭ ހުރިހާ ރައްއިތުންނަށް އިހްސާން ފިހާރައިގެ ހިދުމަތް ލިބިގެން ދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް