ރައީސް ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ވިދާޅުވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމް، ސާފް ސުޒުކީ ކަޕް 2018 ގެ ޗެމްޕިޔަންކަން ހޯދުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޤައުމީ ފުޓުބޯޅަ ޓީމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ސާފް ސުޒުކީ ކަޕް 2018 ގެ ފައިނަލް މެޗުގައި އިންޑިޔާގެ ޤައުމީ ޓީމާ ވާދަކޮށް ދިވެހިރާއްޖެއިން ޗެމްޕިޔަންކަން ހޯދާފައިވަނީ 2-1 އިންނެވެ.
މި މެޗުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ޓީމުގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީއަށް ފޯނުން ގުޅުއްވައި ޓީމަށް ހިތްވަރުދެއްވާފައެވެ.
ޓީމްގެ ކެޕްޓަން އަކްރަމް ބުނެފައިވަނީ ރައީސް ޔާމީން ގުޅުއްވީތީ އެކަމާއި ވަރަށް އުފާކުރާ ކަމަށާއި، އަދި އެ މަނިކުފާނަށް ވަނީ ޝުކުރު އަދާކޮށްފައެވެ .
މިއީ 10 އަހަރަށް ފަހު، ސާފު މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދި ފުރަތަމަ ފަހަރެވެ. ރާއްޖެއިން ފުރަތަމަ ޗެމްޕިއަންކަން ހޯދީ 2008 ވަނަ އަހަރު އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް