ސިޔާސީ ޕާޓީތަކުގެ ކުލަތައް ހުއްދަނެތި ބޭނުންނުކުރޭ: ޝަރީފް
ސިޔާސީ ޕާޓީއަކުން ސިޔާސީ ހަރަކާތުގައި ރަސްމީކޮށް ބޭނުންކުރާ ކުލަ، އެހެން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ފަރާތްތަކުން އެޕާޓީއެއްގެ ހުއްދަ ނެތި ބޭނުންނުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީއަކުން ސިޔާސީ ހަރަކާތުގައި ރަސްމީކޮށް ބޭނުންކުރާ ކުލަ، އެހެން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ފަރާތްތަކުން އެޕާޓީއެއްގެ ހުއްދަ ނެތި ބޭނުންކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ.
އެހެންކަމުން އެކަމަށް ހުރިހާ ފަރާތްތަކުން ސަމާލުވުމަށް ޝަރީފް ވަނީ އިލްތިމާސްކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޝަރީފް މިފަދައިން ޓްވީޓްކުރެއްވި ދަނޑިވަޅަކީ، ޖޭޕީގެ ފަރާތުން ހެންވޭރު އުތުރަށް ވާދަކުރައްވާ އަލްހާން ފަހުމީ، އެމްޑީޕީގެ ކުލަތަކާއި ޑިޒައިންތައް ކެމްޕެއިނުގައި ބޭނުންކުރަމުންދާތީ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދިޔަ ދަނޑިވަޅެއްކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް