ބޭބީ ބޮކްސްގެ ވައުދު ފުއްދުން އަންނަ އަހަރަށް ފަސްކޮށްފި
އަލަށް އުފަންވާ ތުއްތު ކުދިންނަށް ޚާއްސަކޮށްގެން ފޯރުކޮށްދޭ ހަދިޔާ ފޮށި ފޯރުކޮށްދިނުން، އަންނަ އަހަަރަށް ފަސްކުރުމަށް ނިންމައިފިއެވެ.
ނަަމަވެސް މި ވައުދަކީ ސަރުކާރުގެ ފުރަތަަމަ 90 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ޕްރޮޖެކްޓެއްކަން ފާހަަގަކޮށްލެވެއެވެ.
މިކަމާއި ގުޅޭގޮތުން މީޑިޔާތަކުން ސުވާާލުކުރުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ހަދިޔާާ ފޮށި ދިނުމުގެ ކަންކަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނެކަމަށެވެ.
މި ބޭބީ ބޮކްސްގައި ހިމެނުމަށް ހަމަޖެހިފައިވަނީ އުފަންވާ ތުއްތުކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި ގާތުން ދިނުމާ ބެހޭ މުހިންމު ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި ފޮށި ހަދިޔާ ކުރުމަކީ ގައުމުގެ އިޖްތިމާއީ ރައްކާާތެރިކަމުގެ މުހިންމު ބައެއްކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް