ކެސެރޭނޯ އާއި ރެއާލް މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން
ކެސެރޭނޯ އާއި ރެއާލް މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން
ކުޅިވަރު 03 Jan 2023 | 22:51

ކެސެރޭނޯ އަތުން ރެއާލް މެޑްރިޑަށް އުދަގޫ މޮޅެއް!

ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ސްޕެިންގެ ހަތަރު ވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ކެސެރޭނޯ އާއި ވަދަކޮށް 1-0 ން ރެއާލް މެޑްރިޑް މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.

ލަލީގާ ގައި ކުރިއަށް ވަރުގަދަ މެޗުތަކެއް ހުރުމާއެކު މިރޭގެ މެޗަށް ރެއާލް މެޑްރިޑުން ނުކުތީ ބޮޑެތި ބަދަލުތަކަކާއި އެކުގައެވެ. ފުރަތަމަ އެގާރާގައި އާންމުކޮށް ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ކަރީމް ބެންޒެމާ، ލޫކާ މޮޑްރިޗް، ޓޯނީ ކްރޫސް، ވިނީޝިއަސް ޖޫނިއާ، ޑެނީ ކާވަޖާލް، ފާލޭންޑް މެންޑީ އަދި ޑޭވިޑް އަލަބާ ފަދަ ތަރިންނަށް ކޯޗު ކާލޯ އަންޗެލޮޓީ ވަނީ މިރޭގެ މެޗަށް ރެސްޓް ދީފައެވެ. ލަލީގާ ގައި އެންމެ ފަހުން ރެއާލް މެޑްރިޑް، ރެއާލް ވަލަޑޮލިޑް އަތުން މޮޅުވި މެޗުގައި އެޓީމުގެ ފުރަތަމަ އެގާރާގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މިރޭގެ މެޗު ސްޓާޓްކުރީ ޑެނީ ސެބަލޯސް އާއި މާކޯ އަސެންސިއޯ އެކަންޏެވެ.

ކެސެރޭނޯ އާއި ރެއާލް މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން

މިރޭގެ މެޗުގައި ރެއާލް މެޑްރިޑުން ގިނަ ވަގުތު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓްކުރި ނަމަވެސް ކެސެރޭނޯގެ ގޯލަށް އަމާޒުކޮށް ފުރަތަމަ ހާފުގައި އެޓީމަށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެކެވެ. ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު އިރު މި ހާފުގައި ކެސެރޭނޯ އިން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ދެވަނަ ހާފުގައި ދެ ބަދަލަކާއި އެކު ރެއާލް މެޑްރިޑުން ކުޅުން ފެށިއިރު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބުރެޒިލްގެ ޒުވާން ފޯވާޑް ރޮޑްރީގޯ އެވެ. މިއީ ސްޕެއިންގެ މިޑްފީލްޑަރ ޑެނީ ސެބަލޯސް ތަނަވަސްކޯށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް