އޭޝިއަން ކްރޮސް ކަންޓްރީގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު
އޭޝިއަން ކްރޮސް ކަންޓްރީގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު
ކުޅިވަރު 04 Mar 2023 | 11:09

އޭޝިއަން ކްރޮސް ކަންޓްރީ ޗެންޕިއަންޝިޕުގައި ވާދަކުރާ ޤައުމީ ޓީމު މިއަދު ފުރައިފި!

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މިމަހު ހަތްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 16 ވަނަ އޭޝިއަން ކްރޮސް ކަންޓްރީ ޗެންޕިއަންޝިޕުގައި ބައިވެރިވާ ރައްޖޭގެ ގައުމީ ޓީމު މިއަދު ނޭޕާލަށް ދިއުމައްޓަކައި ފުރައިފިއެވެ.

ޤައުމީ ޓީމާއިއެކު މިއަދު ފުރި އެތްލީޓުންނަކީ މުހައްމަދު ފަވާޒު, ޔޫސުފް އިބްރާހިމް އަދި މުހައްމަދު އިރުފާން އެވެ. އަދި މި ޓީމުގެ ކޯޗަކީ ތަޖުރިބާކާރު ކޯޗު އަބްދުﷲ އިބްރާހިމް އެވެ.

މިއީ މި މުބާރާތް ނޭޕާލުގައި ބާއްވާ ދެވަނަ ފަހަރެވެ. އެންމެ ފަހުން އެޤައުމުގައި މި މުބާރާތް ބާއްވާފައިވަނީ 1999 ވަނަ އަހަރުގައެވެ. އަދި ނޭޕާލުގެ އެތްލެޓިކްސް ފެޑަރޭޝަނުން ހާމަކޮއްފައިވާ ގޮތުގައި މިފަހަރުގެ މުބާރާތުގައި އޭޝިއާގެ 45 ގައުމަކުން 450 އެތްލީޓުން ބައިވެރިވާނެ އެވެ.

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މި މަހު ހަތެއްގައި ފަށާ މި މުބާރާތުގައި ހަތަރު އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. އެއީ އޯޕަން ކެޓަގެރީގައި އަންހެން އަދި ފިރިހެން 10 ކިލޯމީޓަރ 20 އަހަރުން ދަށުގެ ފިރިހެން 8 ކިލޯމީޓަރ އަދި އަންހެން 6 ކިލޯމީޓަރ ދުވުމެވެ.

ރާއްޖެއިން މިފަހަރު ބައިވެރިވި ތިން އެތްލީޓުން ވެސް ވާދަކުރާނީ 10 ކިލޯމީޓަރުގެ ދުވުމުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް