އަލް ނަސްރު އާއި ޒަމްލެކް ވާދަކުރި މެޗުގެ ތެރެއިިން
އަލް ނަސްރު އާއި ޒަމްލެކް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 04 Aug 2023 | 03:47

ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އަލް ނަސްރު ކުއާޓާ ފައިނަލަށް

މިހާރު ކުރިއަށްދާ އަރަބި ކުލަބް ޗެންޕިްއަންސް ކަޕްގެ ގްރޫޕް ސީގައި މިރޭ މިސްރުގެ ޒަމްލެކް އާއި ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް އަލް ނަސްރު އިން ހޯދައިފިއެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ހާފުގައި، ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޒަމްލެކް އިންނެވެ. މި ލަނޑު ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ މިޑްފީލްޑަރު ޒިޒޯ އެވެ.

ޒަމްލެކް ކުރީގައި އޮވެ މެޗު ނިމެން ދަނިކޮށް ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި އަލް ނަސްރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އެޓީމު ކުޅުންތެރިއަކު މަތިމަތިން ޒަމްލެކްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. އަދި މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހަމަކޮށް އަލް ނަސްރުން ވަނީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފާއެވެ. އަދި މި މެޗުން ބަލިވި ޒަމްލެކް މުބާރަތް ނިންމާލީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް