ސިފައިންގެ ޕައިލެޓުންނާއި އިންޖީނިއަރުން ތަމްރީން ކުރަން ފަށަނީ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޕައިިލެޓުންނާއި އިންޖީނިއަރުން ތަމްރީންކުރުމަށް އައިލެންޑް އޭވިއޭޝަނާއި ދެެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެމްއެންޑީއެފްގެ ފަރާތުން ސޮއިކޮށްފައިވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ. އަދި، އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރ އަލްފާޟިލް މުޙައްމަދު ރިޒްވީއެވެ.
ފަސް އަހަރުގެ މުއްދަތަކަށް ދެމިގެންދާ މި އެއްބަސްވުމުގެ ދަށުން އައިލެންޑް އޭވިއޭޝަންގެ އެހީގައި ސިފައިންގެ ޕައިލެޓުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމުގެ މަގުސަދަކީ ވައިގެ ސިފައިންގެ ޚިދުމަތް ފުޅާކޮށް، ކުރިމަގުގައި ސިފައިންގެއަށް ގެނެވޭ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރެވޭ ފެންވަރުގެ ތަޖުރިބާހުރި ޕައިލެޓުންނާއި އެއަރކްރާފްޓް އިންޖިނިއަރުން އުފެއްދުމާއި، ސިފައިންގެ ޕައިލެޓުންނާއި އިންޖިނިއަރުންނަކީ ދިވެހިރާއްޖޭގައި އޮޕަރޭޓްކުރާ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރުމުގެ ޤާބިލުކަން ލިބިފައިވާ ސިފައިން ހެދުމެވެ.
ދިވެހި ސިފައިންގެ އަތުގައި ދެ ހެލިކޮޕްޓަރު އޮންނައިރު، އެ ދެ އުޅަނދު މިހާރު ދުއްވަމުން ގެންދަނީ އިންޑިޔާ ސިފައިންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް