N/A
N/A
ހަބަރު 27 Sep 2018 | 05:51

ރައީސް ޔާމީންގެ އަނިޔާވެރިކަމަކީ؟

މިހާރު ނޫހުގައި އެނޫހުގައި މިމަހުގެ 25 ވަނަ ދުވަހު އެނޫހުގެ ރިޕޯޓަރަކު ސިފަކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް ނުހޮވައި ރައްޔިތުން ނޫނެކޭ ބުނި މައިގަނޑު ސަބަބަކީ އެމަނިކުފާނުގެ އަނިޔާވެރިކަމެވެ. އެމްޑީޕީގެ ކާމިޔާބާއިގުޅިގެން އެޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ހަތް އަހަރުވަންދެން ސަރުކާރުގެ އަނިޔާވެރިކަން އެމްޑީޕީއަށް ތާއީދުކުރާ މީހުން ތަހައްމަލްކޮށްފިކަމަށެވެ. ތެދެކެވެ. އެމްޑީޕީ ސަރުކާރުގެ މުހައްމަދު ނަޝީދު 2012 ވަނަ އަހަރު ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އިސްތިފާ ދެއްވި ދުވަހުން ފެށިގެން އަލުން ވެރިކަމަށް އައުމަށްޓަކައި އެޕާޓީން ބުރަ މަސައްކަތްތަކެއްކޮށްފިއެވެ. ރައީސް ނަޝީދުގެ ނާއިބް ރައީސް މުހައްމަދު ވަހީދު ވެރިކަމާއި ހަވާލުވީއްސުރެ މާލޭގައި އޮތީ މުޒާހަރާކުރުމާއި އިހްތިޖާޖްތަކެވެ. ރައީސް ވަހީދު އެމްޑީޕީއަށް ވަރަށް ބޮޑަށް ދޫދެއްވިއެވެ. ނަތީޖާއަކީ މާލޭގެ ލޮނުޒިޔާރަތްކޮޅާއި އަދި އުސްފަސްގަނޑުގައި އެމްޑީޕީގެ ޖަގަހަ ހަދައިގެން އެތަނަށް އާއްމު ރައްޔިތުންގެ މީހަކަށް ނުވަދެވޭފަދަ މާހައުލެއް އުފެދި ފުލުހުންނާ އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިގާފައިވުމެވެ.

އޭގެފަހުން ރައީސް އަބްދުﷲ ޔާމީން ރިޔާސަތާއި ހަވާލުވެ އަހަރެއް ވަންދެން މާލެތެރެއަށް ހަމަހިމޭންކަން ވެރިވިއެވެ. އެކަމަކު ސަރުކާރުގައި ކަރޮޕްޝަން އަށަގަންނަމުންދާކަމަށް ވިދާޅުވެ، ރައީސް މުހައްމަދު ނަޝީދު އަލުން މަގުމައްޗަށް އެމްޑީޕީގެ ސަޕޯޓަރުންނާއިގެން ނުކުމެވަޑައިގަތުމުން ރައީސް ނަޝީދުގެ މައްޗަށް އުފުލިފައިވާ ޖިނާއީ ދައުވާ ހަލުވި ސްޕީޑެއްގައިގޮސް ނިންމައި ޝަރީއަތްކޮށް ދިގުމުއްދަތަކަށް ޖަލަށްލިއެވެ. އެޝަރީއަތް ގެންދިޔަގޮތާއިމެދު އެތައް ގޮތަކުން ފާޑުކިޔުންތައް އަމާޒުވަމުންދަނިކޮށެވެ. ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމުގެ ވާހަކަތައް އިވެންފެށީ އެހިސާބުންކަމަށް ބުނެވިދާނެއެވެ.

ތެދުފުޅެކެވެ. މުޒާހަރާކުރުން ހުއްޓުވުމަށް ސަރުކާރުން ބޭނުންކުރީ ހަރުކަށި ސިޔާސަތެކެވެ. މުޒާހަރާކުރުމަށް އެމްޑީޕީގެ އޮތް އޯގަނައިޒްޑް ފޯސް އަށް ޖެހުނީ ރައީސް މައުމޫންގެ ދުވަސްވަރުންފެށިގެން މާލެތެރޭގައި އެމީހުން ކުރަމުންދިޔަ ރަސްކަން ދޫކޮށްލައި ގޭގައި މަޑުކުރާށެވެ. ދެންއައީ ޕީޕީއެމްގެ ސަރުކާރުގެތެރޭގައި އުފެދުނު ކޯޅުންގަޑެކެވެ. އެކޯޅުންގަޑު މައިތިރިކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ބޭނުންކުރެއްވީ ގޮންމުށުގެ ބާރެވެ. ވެރިކަން ދެމެހެއްޓުމަށް ގޮށްމުށުގެ ބާރުދެއްކުމަކީ ރައީސް އަބްދުﷲ ޔާމީނާއިހަމައަށް ރާއްޖޭގައި ދެމިގެންގޮސްފައިވާ ސަގާފަތަކަށް ނުވޭތޯއެވެ. ރައީސް އިބްރާހިމް ނާސިރު އެމަނިކުފާނުގެ ސަރުކާރާއިދެކޮޅު ހެދިކޮންމެ މީހަކު ތަޅައި މަރައި ޖަލަށް ލައި އަރުވައިލިއެވެ. އައްމިލަފުޅު އާއިލާއަށް ބެލުމެއްނެތިއެވެ. ރައީސް މައުމޫންގެ ތިރީސް އަހަރުގެ ވެރިކަމުގައި އެމަނިކުފާނާއިދިމާއަށް ނުރެހެވޭ ބަހެއްބުނި ކޮންމެ މީހަކަށް ދެއްކީ ޖަލުގެ ކުޑަގޮޅިއެވެ. އަނިޔާތަކުގައި ގިނައިން ޝިކާރައަކަށްވަނީ ނިކަމެތި އާއްމު މީހާއެވެ. މައުމޫންއަށްފަހު ދެންއައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައިވެސް ހެއްދެވީ އެގޮތެވެ. އެމަނިކުފާނުގެ ވެރިކަމަށް ނުރައްކަލެއް ފޯރުވަން އޮތް ކޮންމެ ލީޑަރަކު ހައްޔަރުކުރިއެވެ. ނުވިތާކަށް ރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ބާރުހަތިޔާރުގެތެރޭގައި ހިމެނޭ ޓޭންކެއް މީހެއްގެ ގޭދޮށަށް ފޮނުވައިގެން އެމީހާ ބިރުގަންނުވައި ހައްޔަރުކުރަން އުޅުނެވެ. އަދި އަބުރުފުޅަށް ހުތުރުވާ ސާބިތުނުހިފޭ ވާހަކަދައްކާ ފަރާތްތަކާއިދެކޮޅަށްވެސް ހަރުކަށި ފިޔަވަޅު އަޅުއްވަން ނިންމެވިއެވެ. މުޒާހަރާތައް ރަށުތެރެއިން ބޭރުކުރަމުން އިދިކޮޅު ސަޕޯޓަރުން ކޮއްޕަމުންކޮށްޕަމުންގޮސް ފައިނަލް ނިންމުން ނިންމަން އޮތީ އާޓިފިޝަލް ބީޗްގައި ކަމަށް ނުވޭތޯއެވެ. މީހުން ޖަލަށް ނުލެވުނީ ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީގެ ފުރިހަމަ ކޮންޓްރޯލް ލިބިވަޑައި ނުގަތުމުންނެވެ. މިއީ ތާރީޚުން ފެންނަންހުރި ކަންކަމެވެ. ނިމިދިޔަ ސަރުކާރުތަކުން ހިންގާފައިވާ މިކަންކަމަށް މިއީ އޯގާތެރިކަމޭ ބުނާނީ ކާކު ހެއްޔެވެ.

ރައީސް އަބްދުﷲ ޔާމީންވެސް ތަކުރާރުކުރެއްވީ ހަމަ އެކަންތަކެވެ. ރައީސް ނާސިރާއި ރައީސް މައުމޫނާއި ރައީސް ނަޝީދު އަމަލުކުރެއްވި ގޮތްތައް ތަކުރާރުކުރެއްވީއެވެ.

މައުމޫންގެ ވެރިކަމަށް ނުރައްކާވި ހިނދު އިލްޔާސް އިބްރާހިމްއާއިމެދު ކަންތައްކުރެއްވި ގޮތް ދިރާސާ ނުކުރާ ނޫސްވެރިޔަކަށް ނޭގޭނެއެވެ. ރައީސް މުހައްމަދު ނަޝީދުގެ ރިޔާސަތުގައި އެމަނިކުފާނުގެ ޕާޓީގެ ރައީސްގެ ރައީސްގެ ބޮލަށް ޕާޓީގެ ސަޕޯޓަރުން ފެންފުޅިއުކައި ލަދުގަންނަވައިލި ހަނދާން ނުވިކަމީ އަޖައިބެކެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވަށްޓާލަން ޖުޑިޝަރީގެތެރެއިން ބޭބޭފުޅު ރައީސް މައުމޫން މަސައްކަތްކުރެއްވިކަމުގެ ތުހުމަތު އަޅުވާފައިވެއެވެ. އެތުހުމަތުތަކގެ ނަތީޖާއަކަށްވީ ހަމަ ޖަލުގެ ކުޑަގޮޅިއެވެ. ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕާކިސްތާނުގައި ޖުޑިޝަލްކޫގެނެސްގެ ސަރުކާރުތައް ވަށްޓާލާގޮތަށް ޖުޑިޝަލް ކޫއެއް ގެންނަން އުޅުނުކަން ނުދަންނަ ދިވެހި ރައްޔިތަކު ނުހުންނާނެއެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަނިޔާ ކުރިމަތިވި ކިތަންމެ ބަޔަކު ތިބެދާނެއެވެ. ކިތަންމ ބަޔަކު ނުހައްގުން ވަޒީފާތަކުން ވަކިކޮށްފައި އެބަހުއްޓެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީންއާއި އަނބިކަބަލުން އިންނެވި ލޯންޗްކޮޅު ގޮއްވާލި ގޮއްވާލުމަކީ އާދައިގެ ހާދިސާއެއްތޯއެވެ. ރައީސް އަބްދުﷲ ޔާމީންވެރިކަމާ ފުރާނަފުޅަށް އަމާޒުކުރި ނުރައްކާތެރިކަންކަން ރާއްޖޭގެ ނޫސްތަކުން ނެގީ ވަރަށް އާދައިގެ ކަމެއްގެގޮތުގައެވެ. އޭގެބަދަލުގައި އެކަންކުރިކަމަށް ތުހުމަތުކުރެވުނު މީހުންނާ ދެކޮޅަށް އެޅިފިޔަވަޅުތަކަކީ އަނިޔާވެރިކަމުގެ ހައްދުފަހަނައަޅާފައިވާ ކަންކަންކަމަށް އާއްމު ރައްޔިތު މީހާގެ ސިކުނޑިއަށް ވައްދައިދެނީ ނޫސްވެރިޔާއެވެ. ހަމަހަމަ ކަމަކަމާއެކު ރައްޔިތު މީހާއަށް މައުލޫމާތު ފޯރުކޮށްދިނުމަކީ ކޮބައި ހެއްޔެވެ. ތެދުވެރިކަމާއެކު އެއްވެސް ފަރާތަކަށް ނުޖެހި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ނޫސްވެރިޔާގެ ކޮނޑުގައި އެޅިފައިވާ އަމާނާތެކެވެ. އެއަށް ޚިޔާނާތްތެރިވެސް ވެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ފައިމައްޗަށް ތެދުވަން: ދިފާއީ ވަޒީރު
03 Nov 2026 ހަބަރު

އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ފައިމައްޗަށް ތެދުވަން: ދިފާއީ ވަޒީރު

"އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރާން ޖެހެނީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށްކަން" ނަސްރުގެ ދުވަހުގެ އިބްރަތްތައް ހަނދާންކޮށްދެއްވާ ވަޒީރު ވިދާޅުވި އެެވެ.

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ސިފައިންގެއިން ނިކުތް ބަތަލުންނަށް
03 Nov 2026 ހަބަރު

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ސިފައިންގެއިން ނިކުތް ބަތަލުންނަށް

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ފަސް ބޭފުޅަކަށް މިރޭ އަރުވައިފި އެވެ.

ކޮންމެ ފިޔަވަޅެއް، ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް: ރައީސް
03 Nov 2026 ހަބަރު

ކޮންމެ ފިޔަވަޅެއް، ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް: ރައީސް

"ޤައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ އަބަދުވެސް ބާއްޖަވެރިކަން. ޤައުމަށް ޣައްދާރުވުމުގެ ނަތީޖާއަކީ އަބަދުވެސް އަބާޖައްވެރިކަން" ރައީސް ވިދާޅުވި އެވެ.

ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނިއްޖެ
03 Nov 2026 ހަބަރު

ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނިއްޖެ

ދެކުނު އޭޝިއާ ސަރަޙައްދުގެ ގަދަ 400 ޔުނިވަރސިޓީގެ ތެރޭގައި ވެސް އެމް.އެން.ޔޫ ވަނީ ޖާގަ ހޯދާފައެވެ

ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އާނު ހައްޔަރުކޮށްފި
03 Nov 2026 ހަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އާނު ހައްޔަރުކޮށްފި

އާނު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.

މި ދައުރުގައި މިހާތަނަށް 806 ޒުވާނަކަށް ސިފައިންގެ ވަޒީފާ
03 Nov 2026 ހަބަރު

މި ދައުރުގައި މިހާތަނަށް 806 ޒުވާނަކަށް ސިފައިންގެ ވަޒީފާ

އެގޮތުން މި ދައުރުގައި މިހާތަނަށް 806 ޒުވާނުން ސިފައިންގެ ވަޒީފާއަށް ނިކުމެފައިވާ ކަމުގައި ވިދާޅުވި އެވެ.

ސިފައިންގެ އަސްކަރީ ހުށަހެޅުން، މި އަހަރުވެސް ބޮޑު ތަރުހީބެއް
03 Nov 2026 ހަބަރު

ސިފައިންގެ އަސްކަރީ ހުށަހެޅުން، މި އަހަރުވެސް ބޮޑު ތަރުހީބެއް

މި އަހަރުގެ އަސްކަރީ ހުށައެޅުންތައް ބަލާލުމަށްވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވި އެވެ.

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް-  ޗީފް އޮފް ޑިފެންސް ފޯސް
03 Nov 2026 ހަބަރު

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް- ޗީފް އޮފް ޑިފެންސް ފޯސް

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަކީ ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށްޓަކައި އެންމެ ގިނަ މަސައްކަތްތަކެއް ކޮށް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދައުރު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ. މިގޮތުން ޑްރޯންތަކަކީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދިޔަ ވަރަށް މުހިންމު ވަސީލަތެއްކަން އެމަނިކްފާނު ފާހަގަކުރެއްވިއެވެ.