ދެކުނު ލުބުނާނުގެ އައްސޭރިފަށުގެ ސަރަހައްދެއް
ދެކުނު ލުބުނާނުގެ އައްސޭރިފަށުގެ ސަރަހައްދެއް
ދުނިޔެ 23 Nov 2024 | 10:36

ޔަހޫދީ ނިރުބަވެރިންގެ ޑްރޯން ހަމަލާތައް އެންމެފަހުން ލުބުނާނުގެ މަސްވެރިންނަށް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ޔަހޫނީ ނިރުބަވެރި ސިފައިން ލުބުނާނަށް ދެމުންދާ ހަމަލާތައް އެންމެފަހުން އެޤައުމުގެ މަސްވެރިންނަށް އަމާޒުކުރަން ފަށައިފިއެވެ.

އަލްޖަޒީރާއިން މިއަދު ބުނީ، ޔަހޫދީ ނިރުބަވެރި ސިފައިން ޑްރޯނު ހަމަލާތައް މިއަދު ދެކުނު ލުބުނާނުގެ އަތިރިމަތީ ސަރަހައްދުތަކަށް އަމާޒުކޮށްފައިވާ ކަމަށެވެ. މި ހަމަލާތަކުގައި އެވަގުތު މޫދުގައި ދައު އެޅުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ ދެ މަސްވެރިން ޝަހީދުކޮށްލާފައިވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އަލްޖަޒީރާއިން ބުނީ އެ ދެ މަސްވެރިންނަކީ ކޮންމެދުވަހަކުވެސް މަސްވެރިކަންކުރުމަށް އެ ތަނަސް އަންނަ ދެމީހުން ކަމަށާއި، ކޮންމެ ދުވަހަކުވެސް އެމީހުންގެ މަސައްކަތަކީ ދައު އަޅައިގެން ހިފޭ މަސްކޮޅު ހިފައިެގންގޮސް ދުރުސަރަހައްދުތަކަށް ވިއްކުން ކަމަށެވެ. އަލްޖަޒީރާއިން ބުނީ މި ފަހަކަށް އައިސް ނިރުބަވެރިން ހަމަލާތައް އަމާޒުކުރަނީ ގޮތެއްފޮތެއް ބަލާފައި ނޫންކަމަށާއި، ބޮޑަށް ހަމަލާތައް އަމާޒުކުރަނީ އިންސާނީ ހިދުމަތްތެރިންނާއި އާއްމުނަށް ކަމަށެވެ. މިގޮތުން އިއްޔެ ޖެޒިންއަށް ދިން ހަމަލާތަކުގައިވެސް އެމްބިއުލާންސެއް ގޮއްވާލާފައިވާކަން އަލްޖަޒީރާއިން ވަނީ ބުނެފައެވެ.

ޔަހޫދީ ނިރުބަވެރި ސިފައިން ފަލަސްތީނުގެ ޣައްޒާ އަށާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ބައިނަލްއަޤްވާމީ ގިނަ ގައުމުތަކަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން ދެމުންދާ ހަމަލާތަކުގައި އިންސާނިއްޔަތުކަމެއްނެތް އެތައް އެތައް އަމަލުތަކެއް ހިންގަމުން އަންނަކަމަށްވެސް އެ ޤައުމުތަކުން އަންނަނީ ފާހަގަކުރަމުންނެވެ.

ޔަހޫދީ ނިރުބަވެރި ސިފައިން ޣައްޒާއަށް ދިން ހަމަލާތަކުގައި މިއަދު އެކަނިވެސް ފަލަސްތީނުގެ 19 މީހަކު ޝަހީދުކޮށްލާފައިވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. މި ހަމަލާތައް ދީފައިވަނީ، ލުބުނާނުގެ ދެ މަސްވރިއަކަށް ހަމަލާދީ ޝަހީދުކޮށްލިތާ މާގިނައިރެއް ނުވަނީހެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް