ފުރަތަމަ އަހަރު 60ގައިދީއެއްގެ އަދަބު ލުއިކޮށްފި
މި ސަރުކާރުގެ ފުރަތަމަ އަހަރު 60 ގައިދީއެއްގެ އަދަބު ލުއިކޮށްދީފިއެވެ.
މިކަން ހާމަވެފައިވަނީ އެޓާނީ ޖެނެރަލްގެ އޮފީހުން އާންމުކުރި ކްލެމެންސީ ބޯޑްގެ ތަފާސްހިސާބުތަކުންނެވެ.
އެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި 60ގައިދީއެއްގެ އަދަބު ވަނީ ލުއިކޮށްދީފައެވެ. މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި އެ ބޯޑުންވަނީ 49ފަރާތަކަށް މައާފުދީ ނުވަތަ އަދަބު ލުއިކޮށްދިނުމަށް ނުފެންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައެވެ.
މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާާނޫނުގެ ދަށުން އުފައްދާފައިވާ ކްލެމެންސީ ބޯޑަކީ އެޓާނީ ޖެނެރަލް އިސްކޮށް ހުންނަވާ ބޯޑެކެވެ. ކްލެމެންސީ ބޯޑުގެ މަސައްކަތަކީ ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ހާލަތާއި ކުށުގެ ބާވަތަށް ރިއާޔަތްކޮށް އަދަބު ލުއިކޮށްދެވެން އޮތްނަމަ އެކަން ނިންމާ، ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމެވެ.
އެގޮތުން ބަލާއިރު އަދަބު ތަންފީޒުކުރުން ވަކި މުއްދަތަކަށް ފަސްކޮށްދިނުމާއި، އަދަބުގެ މުއްދަތު ކުރުކޮށްދިނުމާއި އަދި ކުށަށް ލުއި އަދަބެއް އޮތްނަމަ ލުއި އަދަބަށް ބަދަލުކުރުމުގެ ބާރު އެ ބޯޑަށް ލިބިގެންވެއެވެ.
ފޮޓޯ: ސަން
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް