އައްޑޫ ލިންކު ރޯޑުގައި ކާރެއް ފުރޮޅާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އައްޑޫ ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓް އެއް ހިނގައިފިއެވެ.
މިއަދު މެންދުރު 11:56 ހާއިރު އައްޑޫ ލިންކް ރޯޑު ކުނި ކޮށީގެ އިތުމަތީ ފަރާތުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލް ނުވެގޮސް ގަހެއްގައި ޖެހި ވަނީ ފުރޮޅާލާފައެވެ.
މި އެކްސިޑެންޓްގައި ކާރުގަ ތިބި ދެ މީހުނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކުރެއެވެ.
މިހާދިސާގައި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މިސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު ފުލުހުން ވަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް