އިމިގްރޭޝަނަށް ފިލައިގެން އުޅޭ މީހަކު ހޯދަނީ
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
އިމިގްރޭޝަނަށް ފިލައިގެން ރާއްޖޭގައި އުޅެމުންދާ މީހަކު ހޯދަން ފަށައިފިއެވެ.
ފިލައިގެން އުޅޭ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެނީ ނައިޖީރިޔާ އަށް ނިސްބަތްވާ 32 އަހަރުގެ ކެލްވިން އޮޑީރާ އަލީ އެވެ. އަދި މީނާ ހޯދަން އިއުލާންކޮށްފައިވަނީ އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓަކުންނެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓް
އިމިގްރޭޝަނުން ވަނީ ކެލްވިން އާއި ބެހޭ އެއްވެސް މައުލޫމާތެއް ހުރި ފަރާތެއް ނަމަ 9199017 އަށް ގުޅުމަށް ނޫނީ [email protected] އަށް އީމޭއިލް ކުރުމަށް އެދިފައެވެ.
ދިވެހިރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ވަނީ "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
މި އޮޕަރޭޝަންގެ ދަށުން ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން މިހާރު ދެނެގަނެވިފައިވާ ކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް