ލިލީ ބީޗާއި ކޮންރެޑް ވާދަކުރި މެޗުގެ ތެރެއިިން
ލިލީ ބީޗާއި ކޮންރެޑް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 05 Jun 2023 | 12:20

ރިސޯޓް ލީގު 2023: ކޮންރެޑް މޮޅުވިޔަނުދީ ލިލީ ބީޗުން ހިފަހައްޓައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ އަރި ޒޯނުގައި މިއަދުގެ ހަވީރު ކުޅެވުނު، ފުރަތަމަ މެޗުގައި ކޮންރެޑް އާއި ލިލީ ބީޗު ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ކޮންރެޑް އިންނެވެ. މި ލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާދަމް އާޒިމް އެވެ. މިއީ ލިލީ ބީޗުގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަަމަ ހާފު ނިމުމުގެ ކުރިން ލިލީ ބީޗުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މި ލަނޑު ފުރަތަަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހަނީފް އަބްދުﷲ އެވެ. މިއީ އަމިއްލަ ހާފުތެރެއިން ބޯޅައާއެކު ކުރިއަށް އަރައި ކައިރީގައި ހުރި ކޮންރެޑްގެ ކުޅުންތެރިއާ ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބާރު ހަމަލާ ގޯލްގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑު ގޯލަށް ވަނީ އެބޯޅަ ހިފަން އުޅުމުގެތެރޭގައި ކޮންރެޑްގެ ކީއްޕަރަށް ހެދުނު ގޯހަކުންނެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ކޮންރެޑް އިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން އަބްދުއް ސަމަދު އެވެ. މިއީ ލިލީ ބީޗުގެ ޕެނަލްޓީ އޭރިއާ ބޭރުން ތިރިތިރިން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ލިލީ ބީޗުން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކުރީ ފަހު ހާފުގެ 34 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝާހިލްއެވެ. މިއީ އެޓީމުގެ ކުޅުންތެރިއަކު މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ކޮންރެޑްގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ލިލީ ބީޗުގެ ގޯލްކީޕަރު މުހައްމަދު އަޔާޒް އެވެ.

މުބާރާތުގެ ފުރަތަަމަ މެޗުގައި ޑަބުލިޔު މޯލްޑިވްސް އަތުން ފަސޭހަކަމާއި އެކު މޮޅުވި ކޮންރެޑްއަށް މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ދެ މެޗުން ހަތަރު ޕޮއިންޓް އެޓީމަށް ވަނީި ލިބިފައެވެ. އަދި ފުރަތަަމަ މެޗުގައި ވިލަމެންދޫ އަތުން ބަލިވި ލިލީީ ބީޗަށް މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ދެމެޗު ކުޅެގެން އެޓީމަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މިއަހަރުގެ މުބާރާތުގައި އަރި ޒޯނުގައި ފަސް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުން ޖާގަ ލީބޭގޮތަށެވެ. އަދި ލީގު ބުރުގެ ދެވަނަ އާއި ތިން ވަނައިގެ މެދުގައި ޕްލޭއޮފް މެޗެއް ކުޅެ އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބޭ ގޮތަށެވެ. މި ޒޯނުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންރެޑް މޯލްޑިވްސް ގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ރިސޯޓް ސްޕަރ ލީގު ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް އިން ހޯދައިފި
11 Nov 2023 ކުޅިވަރު

ރިސޯޓް ސްޕަރ ލީގު ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް އިން ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ފައިނަލުގައި މިއަދު ހަވީރު ކްރޮސްރޯޑްސް މޯލްޑިވްސ...

ޕެނަލްޓީގައި ނިޔާމަ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ކްރޮސްރޯޑްސް އިން ހޯދައިފި
06 Nov 2023 ކުޅިވަރު

ޕެނަލްޓީގައި ނިޔާމަ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ކްރޮސްރޯޑްސް އިން ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ސެމީ ފައިނަލުގައި މިއަދު ހަވީރު ކްރޮސްރޯޑްސް މޯލް...

ރީތިރަށް މޮޅުވި ނަމަވެސް، ސެމީގެ ފަހުޖާގަ ކްރޮސްރޯޑްސްއަށް
04 Nov 2023 ކުޅިވަރު

ރީތިރަށް މޮޅުވި ނަމަވެސް، ސެމީގެ ފަހުޖާގަ ކްރޮސްރޯޑްސްއަށް

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ތިންވަނަ މެޗުގެ ދެވަަނަ ލެގުގައި ...

ރަށުން ބޭރުގައި ރީތިރަށް އަތުން ކްރޮސްރޯޑްސްއަށް ފަސޭހަ މޮޅެއް
02 Nov 2023 ކުޅިވަރު

ރަށުން ބޭރުގައި ރީތިރަށް އަތުން ކްރޮސްރޯޑްސްއަށް ފަސޭހަ މޮޅެއް

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ތިންވަނަ މެޗުގެ ފުރަތަަމަ ލެގުގައ...

ރިސޯޓް ސްޕަރ ލީގު، ސެމީ ފައިނަލުގެ ދެވަނަ ޖާގަ ޖޯލި މޯލްޑިވްސް އިން ހޯދައިފި
01 Nov 2023 ކުޅިވަރު

ރިސޯޓް ސްޕަރ ލީގު، ސެމީ ފައިނަލުގެ ދެވަނަ ޖާގަ ޖޯލި މޯލްޑިވްސް އިން ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ދެވަނަ މެޗުގެ ދެވަަނަ ލެގުގައި މި...

ރަށުން ބޭރުގައި ފިނޮޅު އަތުން މޮޅުވެ، ޖޯލި މޯލްޑިވްސް އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި
29 Oct 2023 ކުޅިވަރު

ރަށުން ބޭރުގައި ފިނޮޅު އަތުން މޮޅުވެ، ޖޯލި މޯލްޑިވްސް އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ދެވަނަ މެޗުގެ ފުރަތަަމަ ލެގުގައި ...