ލަނޑުޖެހުމަށް ފަހު އަނަންތަރާގެ ކުޅުންތެރިން އުފާފާޅުކުރަނީ
ލަނޑުޖެހުމަށް ފަހު އަނަންތަރާގެ ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު 05 Oct 2023 | 17:44

ހުމައިދުގެ ހެޓްރިކާއެކު ފިހާޅޮހި އަތުން އަނަންތަރާ އަށް ފަސޭހަ މޮޅެއް

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯން ގުރޫޕް ސީގައި މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއި އެކު 6-1 ގެ ނަތީޖާއަކުން ފިހާޅޮހި އައިލެންޑް ރިސޯޓް ބަލިކޮށް އަނަންތަރާ ދިގު މޯލްޑިވްސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި އަނަންތަރާ އިން ހަތަރު ލަނޑުގެ ލީޑެއް ނެގިއިރު، އެޓީމުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބޫބަކުރު އިބްރާހިމް އެވެ. އަދި ޖެހިގެން އައި ހަތަރު މިނެޓުތެރޭގައި އެޓީމުގެ އަހުމަދު ހުމައިދު ވަނީ ގާތްގާތުގައި ދެ ލަނޑު ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މިމެޗުގައި އަނަންތަރާ އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އަބޫބަކުރު އިބްރާހިމް އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން އަނަންތަރާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އަނަންތަރާ އިން އިތުރު ދެ ލަނޑު ކާމިޔާބުކުރި އިރު އެޓީމުގެ ފަސްވަނަ ލަނޑު ފަހުހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުالله ރަޝީދު އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އެޓީމުގެ ހަވަނަ ލަނޑު ކާމިޔާބުކޮށް އަހުމަދު ހުމައިދު ވަނީ މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ފިހާޅޮހިން މިމެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު ނިހާލް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-1 ގެ ނަތީޖާއަކުން އަނަންތަރާ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އަނަންތަރާގެ އަހުމަދު ހުމައިދު އެވެ.

02 އޮކްޓޯބަރު 2023 ން 18 އޮކްޓޯބަރު 2023 ގެ ނިޔަލަށް ކުރޮސްރޯޑްގައި ކުރިއަށްދާ ރިސޯޓް ލީގު ސައުތު މާލޭ ޒޯނުގައި މިއަހަރު 14 ޓީމެއް ބައިވެރިވެފައި ވާއިރު މި މުބާރާތް ކުރިއަށްދަނީ ބައިވެރިވި 14 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.

ގްރޫޕް އޭ އާއި ބީގައި 4 ޓީމު ހިމެނޭއިރު ގްރޫޕް ސީ އަދި ޑީގައި ހިމެނެނީ ތިން ޓީމެވެ. އަދި ގުރޫޕް އޭ އާއި ބީ އިން އެއްވަނަ އަދި ދެވަނަ ހޯދާ ހަތަރު ޓީމުގެ އިތުރުން ގްރޫޕް ސީ އަދި ޑީގެ އެއްވަނަ ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބިގެންދާއިރު، ކުއާޓާ ފައިނަލުގެ ފަހު ދެޖާގަ ލިބޭނީ ގްރޫޕް ސީގެ އިތުރުން ގްރޫޕް ޑީގެ ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް ދެ މެޗުން މޮޅުވާ ދެޓީމަކަށެވެ.

ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ސައުތު މާލޭ ޒޯންގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ އޮޒެން ރިޒާވް ބޮލިފުށި އެވެ. މިމުބާރާތުގެ ހުރިހާ މެޗެއްވެސް ރިސޯޓް ލީގު ފޭސްބުކް ޕޭޖުން ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ ވޮއިސް އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ރިސޯޓް ސްޕަރ ލީގު ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް އިން ހޯދައިފި
11 Nov 2023 ކުޅިވަރު

ރިސޯޓް ސްޕަރ ލީގު ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް އިން ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ފައިނަލުގައި މިއަދު ހަވީރު ކްރޮސްރޯޑްސް މޯލްޑިވްސ...

ޕެނަލްޓީގައި ނިޔާމަ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ކްރޮސްރޯޑްސް އިން ހޯދައިފި
06 Nov 2023 ކުޅިވަރު

ޕެނަލްޓީގައި ނިޔާމަ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ކްރޮސްރޯޑްސް އިން ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ސެމީ ފައިނަލުގައި މިއަދު ހަވީރު ކްރޮސްރޯޑްސް މޯލް...

ރީތިރަށް މޮޅުވި ނަމަވެސް، ސެމީގެ ފަހުޖާގަ ކްރޮސްރޯޑްސްއަށް
04 Nov 2023 ކުޅިވަރު

ރީތިރަށް މޮޅުވި ނަމަވެސް، ސެމީގެ ފަހުޖާގަ ކްރޮސްރޯޑްސްއަށް

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ތިންވަނަ މެޗުގެ ދެވަަނަ ލެގުގައި ...

ރަށުން ބޭރުގައި ރީތިރަށް އަތުން ކްރޮސްރޯޑްސްއަށް ފަސޭހަ މޮޅެއް
02 Nov 2023 ކުޅިވަރު

ރަށުން ބޭރުގައި ރީތިރަށް އަތުން ކްރޮސްރޯޑްސްއަށް ފަސޭހަ މޮޅެއް

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ތިންވަނަ މެޗުގެ ފުރަތަަމަ ލެގުގައ...

ރިސޯޓް ސްޕަރ ލީގު، ސެމީ ފައިނަލުގެ ދެވަނަ ޖާގަ ޖޯލި މޯލްޑިވްސް އިން ހޯދައިފި
01 Nov 2023 ކުޅިވަރު

ރިސޯޓް ސްޕަރ ލީގު، ސެމީ ފައިނަލުގެ ދެވަނަ ޖާގަ ޖޯލި މޯލްޑިވްސް އިން ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ދެވަނަ މެޗުގެ ދެވަަނަ ލެގުގައި މި...

ރަށުން ބޭރުގައި ފިނޮޅު އަތުން މޮޅުވެ، ޖޯލި މޯލްޑިވްސް އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި
29 Oct 2023 ކުޅިވަރު

ރަށުން ބޭރުގައި ފިނޮޅު އަތުން މޮޅުވެ، ޖޯލި މޯލްޑިވްސް އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ދެވަނަ މެޗުގެ ފުރަތަަމަ ލެގުގައި ...