ސިންގަޕޫރު ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގެންފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފި އެވެ.
ރައީސް ސިންގަޕޫރަށް ވަޑައިގެންނެވީ މި މަހުގެ 24 ވަނަ ދުވަހު އެވެ. މިއީ އާއިލީ ޗުއްޓީއަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ.
ނުރަސްމީ ދަތުރުފުޅެއް ކަމުން ދަތުރުފުޅުގެ އިތުރު ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ރައީސް ކުރައްވާ ނުރަސްމީ ދަތުރުފުޅުތަކުގެ ހަރަދުތައް ކުރައްވާނީ އަމިއްލަފުޅަށް ކަމަށް ސަރުކާރުން ބުނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް