ހުޅުމާލެ ގޯތި ދޫކުރުން: މީހުން ހޮވާނީ އެޗްޑީސީން - ޑރ. މުއިއްޒު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސަރުކާރުން މިހަފްތާގައި ހުޅުވާލި ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރާ 400 ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމާއި އަދި އެއާ ގުޅޭ ހުރިހާ ކަމެއް ވެސް ކުރާނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ކަމަށް ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއިއްޒު ދާދި ދެންމެ އަކު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ވިއްކާ 100 ގޯތީގެ އިތުރުން އިޖުތިމާއީ ބޯހިޔާ ވަހިކަމުގެ 400 ގޯއްޗައް ފޯމް ލުމާ ބަލައިގަތުމާއި 400 ފަރާތް ހޮވުމުގެ ކަންކަން ކުރިއަށް ގެންދާނީ އެޗްޑީސީން ކަމުގައި ވިދާޅުވެފައިވެއެވެ.
Hulhumale Phase 2 in beelamuge usoolun vikkaa 100 goatheege ithurun ijthimaaee boahiyaavahi kamuge 400 goahchah form lumaa balaigathumaa 400 faraai hovumuge kankan kuriyah gendhaanee HDC in kamugai dhannavameve.
— Dr.Mohamed Muizzu (@MMuizzu) October 11, 2018
ޑރ. މުއިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ ހުޅުމާލެ ގޯތި ދޫކުރުމުގައި ނާޖާއިޒް ފައިދާ ހޯދުމުގެ ތުހުމަތު އެ މިނިސްޓްރީގެ މައްޗައް ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން މިއަދު ވަނީ މިނިސްޓްރީގެ މުވަޒަފުންތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ސިޓީއެއްވެސް ފޮނުވާފައެވެ. އަދި އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ވަކީލް ސުނާނާ ވަނީ ގޯތި ވިއްކުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް