ވަރުގަދަ މެޑްރިޑް ޑާބީ އެއްވަރު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސްޕެނިޝް ލަ ލީގާގައި ރެއާލް މެޑްރިޑާއި އެޓްލެޓިކޯ ބައްދަލުކުރި ޑާބީ މެޗު ލަނޑެއް ނުޖެހި އެއްވަރު ވެއްޖެއެވެ. މި މެޗުގައި ގަރެތް ބޭލްއަށް އަނިޔާވެ ހާފް ޓައިމްގައި ބަލަދުކުރަން ޖެހުމު ސަބަބުން ރެއާލްއަށް ވަނީ އިތުރު މާޔޫސްކަމަކާއި ކުރިމަތި ލާން ޖެހިފައެވެ.
މިމެޗުގައި އެޓްލެޓިކޯއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބިފައިވަނީ ގްރިޒްމަންއަށެވެ. ނަމަވެސް ގްރިޒްމަން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ މި ސީޒަނުގައި ރޭއާލްއާއި އަލަށް ގުޅުން ކީޕަރު ކޯޓުއާއެވެ.
ވަރަގަދައަށް މެޗު ކޮންޓްރޯލްކޮށްގެ ރެއާލް ކުޅުނު ނަމަވެސް ލަނޑެއް ނުޖެހުމުގެ ސަބަބުން ސަޕޯޓަރުން މާޔޫސްވެ މި ސީޒަނުގައި ރެއާލް ދޫކޮށް ޔުވެންޓަސްއާއި ގުޅުނު ރޮނާލްޑޯގެ ނަމުން ދަނޑު ގުގުމާލާފާވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް