13 އަހަރުން ދަށުގެ ޑަބަލްސް ޗެންޕިއަންކަން މިޒުއާން/މިސްކް އަދި އައިނީ/ސާރާއަށް
ނައިފަރު އޯޕަން 2023 ބެޑްމިންޓަން މުބާރާތުގެ ކިޑްސް ޑްރޯގެ 13 އަހަރުން ދަށުގެ ޑަބަލްސް، އަންހެން ޗެންޕިއަންކަން އާމިނަތު އައިނީ އަޝްރަފު / ސާރާ ޖަލާލް އަދި ފިރިހެން ޗެންޕިއަންކަން ިބްރާހިމް މިޒްއާން އާދަމް / ޙުސެއިން މިސްކް މުޙައްމަދު މިއަދު ހޯދައިފިއެވެ.
މިއަދު ހަވީރު ނައިފަރުގައި ކުރިއަށް ދިޔަ ފައިނަލްގައި 13 އަހަރުން ދަށުގެ ޑަބަލްސް، އަންހެން ޗެންޕިއަންކަން އާމިނަތު އައިނީ އަޝްރަފު / ސާރާ ޖަލާލް ހޯދީ ފައިނަލުގައި އަނާތު މުސާ / ޔުއީން މޫސާ ސަލާޙް އާއި ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށް ފަހު 8/15 , 14/15 , 10/15 ން މެޗު ކާމިޔާބުކޮށްގެން ނެވެ.

މި އުމުރު ފުރައިގެ ފިރިހެން ޑަބަލްސް ޗެންޕިއަންކަން އިބްރާހިމް މިޒްއާން އާދަމް / ޙުސެއިން މިސްކް މުޙައްމަދު ހޯދީ ފައިނަލްގައި ޔޫސުފް އަކްޔަސް އަޝްރަފު / މުޙައްމަދު އިޝާޢު އާއި ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށް ފަހު 14/15 , 09/15, 09/15 ން މެޗު ކާމިޔާބުކޮށްގެން ނެވެ.

120 ބައިވެރިންނާއި އެކު 2022 ޑިސެންބަރު 31 ވަނަ ދުވަހުން ފެށިގެން 2023 ޖެނުއަރީ 11 ގެ ނިއަލަށް ކުރިއަށްދާ މި މުބާރާތަކީ، ޅ.ނައިފަރުގެ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރުގެ ފަރާތުން އިންތިޒާމްކޮށްގެން މި އަހަރު އަލަށް ބާއްވަން ފެށި މުބާރާތެކެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް އެމްވީ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މެއިން ސްޕޮންސަރ އަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އެވެ. އަދި ކޯ ސްޕޮންސަރުންނަކީ ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ, ކޯރާ ކޯރާ މޯލްޑިވްސް އެވެ. މީގެ އިތުރުން މުބާރާތުގެ އިވެންޓް ޕާރޓްނާރސް ގޮތުގައި ފުޝިފަރު މޯލްޑިވްސް, ކޮކޫން މޯލްޑިވްސް, ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސާފައިވާއިރު ސަޕޯރޓިންގ ޕާރޓްނާރސް އަކީ ކެފޭ ކެރިސްޕީ, ލޫލޭ, ވާވާ ގްރޫޕް, އަސްކަނި ސްޕޯރޓްސް, ޒުހަލް އެކްސްޕްރެސް, ބަޑީޒް ނެޓް އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް