އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިއްޖެ
2023 ވަނަ އަހަރު ރާއްޖޭގައި އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް ބޭއްވުމަށް ފުރުސަތު ލިބިފައިވާކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ބުނެފިއެވެ.
އެ ކޮމެޓީގެ ފަރާތުން މިހެން ބުނެފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 19 އިން އެމަހުގެ 28 އަށް މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ރަސްމީކޮށް ދައުވަތު އެރުވުމަށް މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.
މިބައްދަލުކުރެއްވުމުގައި ވާހަކަދައްކަމުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެންބަރުން ވަނީ އެބޭފުޅުން ބޭނުންފުޅުވާ ބައެއް މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެ ކޮމެޓީއަށް ދާއިމީ ބިމެއް ބޭނުންވާކަމަށް ވަނީ ބުނެފައެވެ.
މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ފަރާތުން 10 ކުޅިވަރެއްގައި ބައިވެރިވާނެ ކަމުގައި އޮލިމްޕިކް ކޮމެޓީން މައުލޫމާތުދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް