އަންހެނުން ފަޅާއަރުވާލީ ގޫގުލް މެޕެސް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޕެރޫގެ ލީމާއަށް ނިސްބަތްވާ ފިރިހެނަކު އޭނާގެ އަންހެނުން އެހެން ފިރިހެނަކާއެކު ގައިގޯޅިވާ މަންޒަރު ގޫގުލް މެޕްސްއިން ފެނުމުން ވަރިކޮށްފިއެވެ.
މި ފިރިހެން މީހާއަށް އޭނާގެ އަންހެނުންގެ މި ޕޮޓޯތައް ފެނިފައިވަނީ ޕެރޫގެ ވެރިރަށް ލީމާގެ މަޝްހޫރު ބުރިޖް އަކަށް ދިޔުމުގެ މިސްރާބުތައް ގޫގުލް މެޕްސް މެދުވެރިކޮށް ހޯދަމުން ދަނިކޮށެވެ.
މި މަންޒަރުތައް ފެނުމާއެކު އޭނާގެ އަންހެނުންނާއި ކުރިމަތިލުމުން އޭނާގެ އަންހެނުން ވަނީ އެ ފޮޓޯއިން ފެންނަނީ އޭނާކަމަށް އެއްބަސްވެ ކައިވެނީގެ ބޭރުން ފޮޓޯއިން ފެންނަ މީހާއާއެކީ ގުޅުންތަކެއް ހިންގިކަމަށްވެސް އެއްބަސްވެފައެވެ.
360-ޑިގްރީ ކެމެރާތައް ބޭނުން ކޮށްގެން ނަގާފައިވާ ގައުމުތަކުގެ މީހުންނާއި، މަގުތަކާއި، އަދި، އުޅަނދުފަހަރުތަކުގެ ފޮޓޯތައް ގޫގުލް މެޕްސްގައި ވަނީ ބޭނުން ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް