ޔުނައިޓެޑް އެއާގެ މަތިންދާ ބޯޓެއް
ޔުނައިޓެޑް އެއާގެ މަތިންދާ ބޯޓެއް
ދުނިޔެ 15 Sep 2024 | 06:49

ޔުނައިޓެޑް އެއާލައިންސްގެ މަތިންދާބޯޓުތަކުގައި ހިލޭ ވައިފައި ދެނީ

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ކުރިއަށް އޮތް އަހަރުތަކު ގައި ސެޓެލައިޓް ބޭސްޑް ސްޓާލިންކް ވައިފައިގެ ހިދުމަތް ފްލައިޓްތަކުގައި ދިނުމަށް ޔުނައިޓެޑް އެއާލައިންސް އިން އީލޮން މަސްކްގެ ސްޕޭސް އެކްސްއާ އެކު އެއްބަސްވުމެއް ގައި ސޮއިކޮށްފައިވާ ކަމަށް އެ އެއާލަން އިން ބުނެފިއެވެ އެވެ.

ހުކުރު ދުވަހު އެ އެއާލައިނުން ބުނީ މި ހިދުމަތަކީ ފަސިންޖަރުންނަށް ހިލޭ ލިބޭނެ ހިދުމަތެއް ކަމަށާއި ގިނަ ޑިވައިސްތަކެއް ގުޅާލެވޭނެ ކަމަށެވެ.

ޔުނައިޓެޑުން ބުނީ އަންނަ އަހަރުގެ ކުރީކޮޅު މި ހިދުމަތް ޓެސްޓު ކުރަން ފަށާނެ ކަމަށާއި 2025 ވަނަ އަހަރުގެ ފަހުކޮޅު ބައެއް ފްލައިޓްތަކުގައި އެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

ބިމުގައި ތިބެގެން ކުރެވޭ ހުރިހާ ކަމެއް، ކުރިއަށް އޮތްތަނުގައި 35،000 ފޫޓު އުސްމިނުގައި ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވިޔަސް ޔުނައިޓެޑްގެ މަތިންދާބޯޓެއްގައި ކުރެވޭނެ

ޔުނައިޓެޑް އެއަރލައިންސްގެ ސީއީއޯ ސްކޮޓް ކާބީ

އަލަށް ތައާރަފްކުރި މި ހިދުމަތުގެ ސަބަބުން ޔުނައިޓެޑްގެ ފްރަންޓްލައިން ގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ފައިދާކުރާނެއެވެ. އަދި ޔުނައިޓެޑްގެ ޕައިލެޓުންނާއި ފްލައިޓް އެޓެންޑެންޓުންނާއި ޓެކްނީޝަނުންނާއި ގޭޓް އެޖެންޓުން ވެސް މޮބައިލް ޑިވައިސްތައް ބޭނުންކޮށްގެން އޮޕަރޭޝަން ހިންގައި ކަސްޓަމަރުންނަށް ހިދުމަތް ދިނުންމަށް ފަސޭހަވެގެން ދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް