ނައިފަރު ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް އާރުޑީސީއަށް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފާދިއްޕޮޅު ނައިފަރު ހޮސްޕިޓަލްގެ އާ އިމާރާތް ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީއާ) ހަވާލުކޮށްފި އެވެ.
މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. ހެލްތް މިނިސްޓްރީގައި އޮތް ބައްދަލްވުމެއްގައި މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހް އަލީ ނަސީރެވެ.
ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލްވުމުގައި މިނިސްޓަރު ވިދާޅުވީ މި މަސައްކަތް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ ކަމަށެވެ. މި މަޝްރޫއުގެ އަގަކީ 7.7 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން ނައިފަރު ހޮސްޕިޓަލް އަޕްގުރޭޑް ކުރުމުގެ މަސައްކަތް ވެސް އެ ކުންފުންޏާއި ވަނީ ހަވާލުކޮށްފަ އެވެ.
އިތުރު ދެ ހޮސްޕިޓަލެއް އިމާރާތް ކުރުން
މީގެ އިތުރުން މިއަދު ވަނީ އިތުރު ދެ ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ވެސް ހަވާލުކޮށްފަ އެވެ.

އެ ގޮތުން ހަވާލުކޮށްފައި ވަނީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތް އެޅުމާއި ކުރީ ރ. އުނގޫފާރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް