ބަންގްލަދޭޝްގެ މަސައްކަތު މީހުން ގެނައުން އެއް އަހަރަށް މަނާކޮށްފި
ދިވެހިރާއްޖެއަށް ބަންގްލަދޭޝްގެ އާ މަސައްކަތު މީހުން ގެނައުން އެއް އަހަރު ދުވަހަށް މަނާކުރުމަށް ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިކަން އިއުލާންކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިބްރާހިމް ވިދާޅުވީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ މުއްދަތަށް ބަންގްލަދޭޝްގެ މަސައްކަތު މީހުން ނުގެނެވުނަސް، އެހެނިހެން ވަޒީފާތަކަށް ބަންގްލަދޭޝް މީހުން ގެނެވޭނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އަދި މީގެ ފަހުން އެއްވެސް މަޝްރޫއަކަށް ބިދޭސީން ގެންނަން ކޯޓާއަށް އެދޭނަމަ އެ ބަޔަކަށް ކޯޓާ ދޫކުރާނީ އެ މަޝްރޫއުއެއް ކޯޓުގައި ރަޖިސްޓްރީކޮށް އެ ލިޔެކިޔުންތައް ހުށައެޅުމުން ކަމަށެވެ.
ނަމަވެސް މިއަދާއި ހަމައަށް ވޯކް ޕާމިޓަށް އެޕްލައި ކޮށްފައި ތިބި ފަރާތްތައް މިކަމުގެ ތެރޭގައި ހިމެނިގެން ނުދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް