ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު އަދި  އެހީ ޖަމްޢިއްޔާގެ ޖެނެރަލް ސެކެޓްރީ އަހުމަދު ހަމޫދު ޔޫސުފް
ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު އަދި އެހީ ޖަމްޢިއްޔާގެ ޖެނެރަލް ސެކެޓްރީ އަހުމަދު ހަމޫދު ޔޫސުފް
ކުޅިވަރު 07 May 2023 | 07:37

ރިސޯޓް ލީގު 2023 ގެ ނެޝަނަލް ޗެރިޓީ ޕާޓްނަރަކަށް އެހީ ޖަމިއްޔާ!

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް "ރިސޯޓް ލީގު 2023" ގެ ނެޝަނަލް ޗެރިޓީ ޕާޓްނަރަކަށް އެހީ ޖަމްޢިއްޔާ ހަމަޖައްސައިފިއެވެ.

ނެޝަނަލް ޗެރިޓީ ޕާޓްނަރާއެކު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ބިގް ގޭމް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު (ބިއްލެ) އެވެ.  އެހީ ޖަމްޢިއްޔާގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކެޓްރީ އަހުމަދު ހަމޫދު ޔޫސުފް އެވެ.

ވޮއިސް އަށް މައުލޫމާތު ދެއްވަމުން ރިސޯޓް ލީގު 2023 ގެ ޕަބްލިކް ރިލޭޝަން އިސްމާއިލް މުފީދު ވިދާޅުވީ މި މުބާރާތް ބާއްވަންފެށިތާ 10 އަހަރު ވެފައިވާއިރު، ޗެރިޓީ ޕާޓްނަރަކު ކަނޑައެޅި މިއީ ފުރަތަމަ ފަހަރެވެ. މީގެ މަގްސަދަކީ މިފަދަ ބޮޑެތި ޖަމްއިއްޔާތަކުން ކުރާ އިޖުތިމާއީ މަސައްކަތްތަކަށް ހިތްވަރުދީ އެފަދަ މަސައްކަތްތައް ކުރިއެރުވުމުގައި އެހީތެރިވުމެވެ.

އެހީ ޖަމިއްޔާގެ ފަރާތުން ޖެނަރަލް ސެކެޓްރީ އަހުމަދު ހަމޫދު ޔޫސުފް ވޮއިސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިވަގުތު ހުރިހާ ފޯކަސްއެއް ހުރީ އެޖަމްޢިއްޔާގެ ފަރާތުން ހިންގާ "އެހީވާނަން" މިހަރަކާތުގެ ދަށުން ހާލަތު ކަށަވަރު ކުރެވިފައިތިބި ގިނަ އާއިލާތަކެއްގެ ދިރިއުޅުމުގެ ހާލަތު ރަގަޅުކޮށްދިނުމަށެވެ. އެގޮތުން ހއ. އަތޮޅުގައި މިހާރުވެސް ދެ ޕްރޮޖެކްޓެއް ކުރިއަށް ގެންދާކަމަށާއި، އޭގެ ތަފްސީލް އަބަދުވެސް ފެންނަން ހުންނާނެކަމަށެވެ.

މިފަދަ ޚާއްސަ ޕްރޮޖެކްޓްތަކަށް ޚާއްޞަ ކުރެވިފެން އުފައްދާފައިވާ "އެހީވާނަން" ކެމްޕެއިންގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ވޮއިސް އެވެ. އަދި ވޮއިސް އިން ވަނީ އެހީގެ ޓީމާއެކު ރަށްތަކަށް ދަތުރުކޮށް އެޖަމްޢިއްޔާގެ މަސައްކަތް ކުރިއަށް ގެންދާގޮތް ވަރަށް ކައިރިން ތަޖުރިބާ ކޮށްފައެވެ.

އިތުރަށް ވާހަކަ ދައްކަމުން ހަމޫދު ވިދާޅުވީ އެހީ އެޖަމްޢިއްޔާ އިން އިތުރަށް ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމްތަކުގެ ތެރޭގައި މަހުން މަހަށް ދޭ އަސާސީ ޕެކޭޖް ހިމެނޭއިރު، މިކަމަށް ކޮންމެ މަހަކުވެސް ބޮޑު ޚަރަދެއް ދާކަމަށެވެ. އަދި މިފަދަ ކަންކަމުގައި ގިނަ ބައެއްގެ އެއްބާރުލުން ލިބޭނަމަ އޭގެ ސަބަބުން އެހީތެރިކަން ބޭނުންވެފައިވާ ގިނަ އާއިލާތަކަކަށް އޭގެ ލުއި ލިބިގެންދާނެކަމަށް ހަމޫދު ވިދާޅުވިއެވެ.

މިޖަމްއިއްޔާއިން ހިންގާ އެހީގެ ޕްރޮގްރާމް ތަކުގައި ބައިވެރިވުމުގެ ދައުވަތު އެންމެހާ ފަރާތްތަކަށް އަރުވާކަމަށާއި ކުލަބް ޖަމްޢިއްޔާތަކާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށް ވެސް އެފުރުސަތު އެބައޮތެވެ. އަދި މި ޕްރޮގްރާމްތަކުގެ މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 7803433 މި ނަންބަރު ގުޅުއްވުމަށް ހަމޫދު އެދިލެއްވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް