ލިއޮނަލް މެސީ އަދި ޑޭވިޑް ބެކަމް
ލިއޮނަލް މެސީ އަދި ޑޭވިޑް ބެކަމް
ކުޅިވަރު 07 Jun 2023 | 17:43

އުމުރުން 35 އަހަރުގައި މެސީ އިންޓަ މިއާމީއަށް!

އެންމެފަހުގެ ވޯލްޑްކަޕް ޗެމްޕިއަން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އެމެރިކާގެ ފުޓްބޯޅަ ލީގުގެ އިންޓަ މިއާމީއަށް ބަދަލުވާން ނިންމައިފިކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 35 އަހަރުގެ މެސީ، ފްރާންސްގެ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވެފައިވާއިރު، އެ އެއްބަސްވުން އާ ނުކޮށް ޕީއެސްޖީ ދޫކޮށްލުމަށް މެސީ ވަނީ ނިންމާފައެވެ.

ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާއަށް ދޭ ބެލޯންޑިއޯ 7 ފަހަރު ހޯދާފައިވާ މެސީ، ޕީއެސްޖީ ދޫކޮށްލަން ނިންމުމާއެކު ސައުދީގެ އަލް ހިލާލް އަދި ބާސެލޯނާއަށް ގެންދިޔުމަށް ހުށަހެޅުންތައް ލިބުނު ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

މެސީ ބަދަލުވާން ނިންމި އިންޓަ މަޔާމީގެ އެއް އޯނަރަކީ އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އެވެ. މި ޓްރާންސްފާއާ ގުޅޭގޮތުން މެސީއާ އިންޓަ މިއާމީއާ ދެމެދު މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯވެސް ވަނީ މެސީ އެމެރިކާގެ ފުޓްބޯޅަ ލީގަށް ބަދަލުވާން ނިންމި ކަމަށް ރިޕޯޓްކޮށްފައެވެ.

އިންޓަ މިއާމީން މެސީއަށް ހުށަހެޅި ހުށަހެޅުމުގައި، މަޝްހޫރު އެޕަލް އަދި އެޑިޑަސްގެ ޑީލްތަކެއްވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

2021 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ބަދަލުވި މެސީ ވަނީ އެކުލަބުގައި ހޭދަކުރި ދެ ސީޒަނުގައި ޕީއެސްޖީއަށް ކުޅެދިން 71 މެޗުގައި 31 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އެކުލަބާއި އެކު ލީގު ޗެމްޕިއަންކަން ދެފަހަރެއްގެމަތިން ހޯދިއިރު، މި ދެ ސީޒަނުގައި ވެސް ޗެންޕިްއަންސް ލީގުގެ ކާމިޔާބު ހޯދޭގޮތެއް ނުވިއެވެ. މިއާއެކު ޕީއެސްޖީގެ ސަޕޯޓަރުންގެ ނުރުހުންވަނީ މެސީއަށް އަމާޒުވެފައިވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް