އަނގޮޅިތީމާއި މަޑުއްވަރީ ވާދަކުރި މެޗުގެ ތެރެއިިން
އަނގޮޅިތީމާއި މަޑުއްވަރީ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 07 Nov 2023 | 16:33

ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލީގު ބުރުގެ އެއްވަަނަ ޓީމުގެ ގޮތުގައި އަނގޮޅިތީމު ފައިނަލަށް

މިހާރު ކުރިއަށްދާ ރާ އަތޮޅު ކައުންސިލްގެ ފުރަތަމަ އަންހެން ހޭންޑްބޯލް މުބާރާތުގެ ތިންވަނަ މެޗުގައި މިއަދު ހަވީރު މަޑުއްވަރީ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 11-9 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަނގޮޅިތީމުން ފައިނަލުގެ ޖާގަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލީގު ބުރުގެ އެއްވަަނަ ޓީމުގެ ގޮތުގައެވެ.

ރާ އަތޮޅު ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން 2023 ނޮވެމްބަރު 04 ން 08 އަށް ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރު ޖުމުލަ ހަތަރު ޓީމެއް ބައިވެރިވެފައިވާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު މުބާރާތުގެ ފައިނަލްގައި ކުޅޭ ގޮތަށެވެ.

ރ. އުނގޫފާރު ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-6 ގެ ނަތީޖާއަކުން އަނގޮޅިތީމު ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ކުރެ ކޮންމެ ޓީމަކުން ވެސް ވަނީ އިތުރު ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 11-9 ގެ ނަތީޖާއަކުން އަނގޮޅިތީމު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަނގޮޅިތީމުގެ ފާތުމަތު ރިޝްމާ އެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު އަނގޮޅިތީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ލީގު ބުރުގެ އެއްވަަނަ ޓީމުގެ ގޮތުގައެވެ. އަދި މިމެޗުން ބަލިވި މަޑުއްވަރީން މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ލީގު ބުރުގެ ފުލުގައި އޮވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

އަނގޮޅިތީމުގައި 72 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީގޯނާކުރި މައްސަލައެއް، ތުހުމަތު އޮތް މީހާ ހައްޔަރުކޮށްފި
29 Sep 2026 ހަބަރު

އަނގޮޅިތީމުގައި 72 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީގޯނާކުރި މައްސަލައެއް، ތުހުމަތު އޮތް މީހާ ހައްޔަރުކޮށްފި

ރ. އަނގޮޅިތީމުގައި 72 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީގޯނާކުރި މައްސަލައެއްގެ ތަހުގީގު ފަށައިފި އެވެ. ފުލުހުން ބުނީ އަނގޮޅިތީމުގެ ގެއަކަށް މީހަކު ވަދެ 72 އަހަރުގެ ދިވެހި އަންހެނަކާމެދު ގަދަކަމު...

ރ.މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް އަނިޔާކޮށް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
28 Sep 2026 ހަބަރު

ރ.މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް އަނިޔާކޮށް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކާ މާރާމާރީ ހިންގައި، އޭނާގެ އަތުން ފައިސާ ފޭރުނު މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި ހާދިސާ ހިނގާފައިވ...

ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
25 Sep 2026 ހަބަރު

ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ

ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ އެވެ. ފުލުހުން ދެންމެ ބުނީ ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ 06:04 އެހައިކަންހާއިރު، ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކާ މެެދ...

އުތީމު އަދި މަޑުއްވަރީ ބަނދަރުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފި
26 Mar 2026 ހަބަރު

އުތީމު އަދި މަޑުއްވަރީ ބަނދަރުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފި

ހއ. އުތީމު ބަނދަރު އަޕްގްރޭޑްކުރުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ އިތުރުން، ރ. މަޑުއްވަރީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި މިނިސ...

ރ. މަޑުއްވަރީގައި 400 ކިލޯވޮޓް ޕީކްގެ ސޯލާ ޕީވީ ހައިބްރިޑް ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި
04 Dec 2025 ހަބަރު

ރ. މަޑުއްވަރީގައި 400 ކިލޯވޮޓް ޕީކްގެ ސޯލާ ޕީވީ ހައިބްރިޑް ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

ރ. މަޑުއްވަރީގައި 344 ކިލޯވޮޓް ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމަކާއެކު 400 ކިލޯވޮޓްޕީކްގެ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރ...

ރ.މަޑުއްވަރީއަށް ބާރުގަދަ ވައިރޯޅިއެއް އަރައި އެކިވަރުގެ ގެއްލުންތައް ލިބިއްޖެ
04 Aug 2025 ހަބަރު

ރ.މަޑުއްވަރީއަށް ބާރުގަދަ ވައިރޯޅިއެއް އަރައި އެކިވަރުގެ ގެއްލުންތައް ލިބިއްޖެ

ރ.އަތޮޅު މަޑުއްވަރީއަށް މިއަދު ހެނދުނު އާދަޔާހިލާފަށް ވައިގަދަވެ، އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ. މިކަމާ ބެހޭގޮތުން ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން މަޑުއްވަރީ ކައުންސިލުގެ ނައިބުރައީސް އަހުމަ...