ސްކޫލްތަކުގެ އިސްވެރިން ވަކި ފަރާތަކަށް ނުޖެހޭތި: މިނިސްޓަރ
ސްކޫލުތަކުގެ އިސްވެރިން ވަކި ފަރާތަކަށް ނުޖެހުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އިލްތިމާސްކުރައްވައިފިއެވެ.
ޑރ.އައިޝަތު އަލީ މިހެން އިލްތިމާސްކުރެއްވީ ސްކޫލުތަކުގެ ވެރިންނަށް އަމާޒުކޮށް ދަރުބާރުގޭގައި ބާއްވާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ސްކޫލުތަކުގެ އިސް މަގާމުތަކުގައި ތިބޭ މުވައްޒަފުން ވަކި ފަރާތަކަށް ޖެހުމުގެ ބަދަލުގައި، އަދުލާއި ހަމަހަމަ ކަމާ އެކު ހުރިހާ ފަރާތްތަކާ އެކު މުއާމަލާތްކުރުމަކީ، ރާއްޖެއަށް އެކި މޫސުމުގައި އަންނަ ކޮޅިގަނޑުތަކުގައި ދެމިހުންނަނިވި ގޮތަށް ވަޒީފާ އަދާކުރުމަށް މުހިންމުކަމެއް ކަމަށެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ ގޭގެ އޮޅި ނުރަނގަޅު ވެއްޖެނަމަ، ގެއަކަށް ސުލްހަވެރިކަން ނާންނަ ފަދައިން، ސްކޫލް ހިންގަން ހުންނަ ވެރިއަކު ނުރަނގަޅުވެއްޖެ ނަމަ، ސްކޫލްގެ ބަރަކާތް ކެނޑިގެން ދާނެކަމަށެވެ.
"ސްކޫލް ހިންގާ ވެރިއެއްގެ ހައިސިއްޔަތުން، ތިއިން ކޮންމެ ބޭފުޅަކީ އަދި ބޭކަނބަލަކީ، ސްކޫލްގެ ކިޔަވައިދިނުމުގެ ޕްރޮގްރާމް ފަހިކޮށް ކުރިއަށް ގެންދެވޭނޭ ހާލަތްތައް މެދުވެރިކުރުވާ ފަރާތް. ތިއީ ބެލެނިވެރިންނާއި އާއިލާތަކާ ގުޅުންތައް ގާއިމްކޮށް ދަމަހައްޓާ ފަރާތް."، މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް