ޗެސްޓަރ ވިމެންސް ފްޓްސަލް  ޓޯރނަމަންޓް ގެ ޗެމްޕިއަން ޓިމް އޮބިއަންސް
ޗެސްޓަރ ވިމެންސް ފްޓްސަލް ޓޯރނަމަންޓް ގެ ޗެމްޕިއަން ޓިމް އޮބިއަންސް
ކުޅިވަރު 08 Aug 2023 | 08:24

ޗެސްޓާރ ވިމެންސް ފުޓްސެލް ޓޯރނަމަންޓް 2023 ގެ ޗެމްޕިއަންކަން އޮބިއަންސްއަށް

ނ. މަނަދޫ ޗެސްޓާރ ސްޕޯރޓްސްއިން ކުރިޔަށް ގެންދިޔަ ޗެސްޓާ ވިމެންސް ފްޓްސަލް  ޓޯރނަމަންޓް ގެ ޗެމްޕިއަންކަން އޮބިއަންސްއިން ހޯދައިފިއެވެ.

މިއީ ވިދިވިދި ގެން އޮބިއަންސްއިން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ނ.މިލަދޫ އަށް ނިސްބަތްވާ އޮބިއަންސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މަނަދޫގެ ވައިނޮޓް ގެ މައްޗަށް 3-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. ފައިނަލްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އޮބިއަންސްގެ ފާތިމަތު  ސާލިޔާއެވެ.

ޖުމްލަ ނުވަ ޓީމާއެކު ކުރިޔަށް ދިޔަ މި މުބާރާތުގެ ފެއާރޕްލޭ ޓީމަކީ މަނަދޫގެ އެލްއެލް ކުއީންސް އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އޮބިއަންސްގެ ހަސީނާ އާދަމް ، އާމިނަތު ރަނީން ، އާމިނަތު ޝާމިލާ މީގެ އިތުރުން މިމުބާރާތުގައި ކުޅުނު އެފްސީ ސިކާޑާގެ ފާތިމަތު މިއުސާ އަދި ވައިނޮޓްގެ ފަރަހް އަހުމަދެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ އަދި މުބާރާތުގެ އެންމެ ފަޚުރުވެރި މަޤާމު ( މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ) މަހާ ރެހެންދީ އޮފް ޗެސްޓަރ ވިމެންސް ފްޓްސަލް  ޓޯރނަމަންޓް 2023 ހޯދީ އޮބިއަންސްގެ ޖާރޒީ ނަމްބަރ 6 ފާތިމަތު  ސާލިޔާއެވެ.

މަހާ ރެހެންދީ އޮފް ޗެސްޓަރ ވިމެންސް ފްޓްސަލް ޓޯރނަމަންޓް 2023 އޮބިއަންސްގެ ޖާރޒީ ނަމްބަރ 6 ފާތިމަތު ސާލިޔާ

ބެސްޓް ކޯޗްގެ މަޤާމް ވައިނޮޓްގެ ކޯޗް އިބްރާހިމް ޢަބްދުލް ޤަފޫރް ހޯދިއިރު ބެސްޓް އަންޑަރ 20 ޕްލޭޔަރ އޮފްދަ ޓޯނަމެންޓްގެ މަޤާމު ހޯދީ އޮބިއަންސްގެ މަރިޔަމް ލަމީސްއެވެ.

މީ ޗެސްޓާރ އިން މި މުބާރާތް ކުރިޔަށް ގެންދިޔަ ފަސްވަނަ ފަހަރެވެ. ޗެސްޓާރ ސްޕޯޓްސް އަކީ ނޫނު އަތޮޅުގައިވެސް ފާހަގަ ކޮށްލެވޭ ހަރަކާތްތެރި  ޖަމިއްޔާއެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ނަޢީމާ މަރާލުމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުވާ ފަވާޒް ގެ ބަންދަށް
17 Mar 2026 ހަބަރު

ނަޢީމާ މަރާލުމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުވާ ފަވާޒް ގެ ބަންދަށް

ނ. މަނަދޫ، އަންނާރުމާގެ, ނަޢީމާ މޫސާ މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ނ. މަނަދޫ، ވިނަރެސް، ޙަސަން ފަވާޒްގެ ބަންދަށް ލުއި ދީފި އެވެ. ފަވާޒް ސިއްހީ ހާލަތާ ގުޅިގެން އޭނާ ޖަލު ބަންދުގައި ބަހައްޓައި...

ނ.މަނަދޫ ނަރުދަމާ މަޝްރޫޢުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
18 Sep 2025 ހަބަރު

ނ.މަނަދޫ ނަރުދަމާ މަޝްރޫޢުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި

ނ.އަތޮޅު މަނަދޫ އައު ނަރުދަމާ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަސައްކަތް އާރުޑީސީއާ ހަވާލުކުރުމ...

ނ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފި
22 Jul 2025 ހަބަރު

ނ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ނ.އަތޮޅު ގޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ނ.މަނަދޫއަށް ކުރެެއްވި ޒިޔާރަތ...

މަނަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށައިފި
21 Jul 2025 ހަބަރު

މަނަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށައިފި

ނ. މަނަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށައިފި އެވެ. އެ ރަށުގައި މި ހިދުމަތް ފަށާފައި ވަނީ މިރޭ އޮތް ބައްދަލްވުމުގަ އެވެ. މި ބައްދަލްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ...

މަނަދޫ މީހަކު ގެއްލިގެން ހޯދަނީ؛ އާއިލާއަށް ޚަބަރެއް ނުވާތާ ތިން ދުވަސް!
11 Mar 2025 ހަބަރު

މަނަދޫ މީހަކު ގެއްލިގެން ހޯދަނީ؛ އާއިލާއަށް ޚަބަރެއް ނުވާތާ ތިން ދުވަސް!

ނ. މަނަދޫ މީހަކު ގެއްލިގެން ހޯދަން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. ގެއްލިގެން ހޯދަމުންދަނީ ނ. މަނަދޫ، ރީޙުއްޞަބާ، ޢަބްދުالله ޝިހާދު، 37 އަހަރު، އެވެ. ފުލުހުން ބުނީ، 2025 މާރިޗު 08 ވަނަ ދުވަހުގ...

ނައީމާ މާރާލަން އިސްކޮށް އުޅުނީ ފަވާޒުކަން ސާބިތުކުރަން ގިނަ ހެކިތަކެއް
05 Dec 2024 ހަބަރު

ނައީމާ މާރާލަން އިސްކޮށް އުޅުނީ ފަވާޒުކަން ސާބިތުކުރަން ގިނަ ހެކިތަކެއް

ނ.މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު ނައީމާ މޫސާ މަރާލުމުގައި އިސްކޮށް ހަރަކާތްތެރިވީ ފަވާޒު ކަމަށް ސާބިތު ކުރަން ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅައިފިއެވެ. މަނަދޫ އަންނާރުމާގޭ އުމުރުން 6...