ނ.މަނަދޫ ނަރުދަމާ މަޝްރޫޢުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ނ.އަތޮޅު މަނަދޫ އައު ނަރުދަމާ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަސައްކަތް އާރުޑީސީއާ ހަވާލުކުރުމުގެ ގޮތުން ވަނީ މިނިސްޓްރީ އޮފް ހައުސިން އާއި އާރުޑީސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.
ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ އަގަކީ 71.2 މިލިއަން ރުފިޔާ ކަމަށާއި، މަސައްކަތް 700 ދުވަހުގެ ތެރޭގައި ނިންމަންޖެހޭކަމަށެވެ.
އެއްބަސްވުމުގެ ދަށުން މިހާރު މަނަދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ބަދަލުގައި ގްރެވިޓީ ސިސްޓަމެއް ގާއިމްކުރާއިރު ނަރުދަމާ ހޮޅިއެޅުމާއި، ނަރުދަމާ ޕަމްޕިން ސްޓޭޝަން ބެހެއްޓުމުގެ އިތުރުންވެސް މި މަސައްކަތާއި ގުޅުންހުރި ކަންކަން ކުރުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް