މިއަދު ހަވީރު މާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑޭނެ
މިއަދު ހަވީރު މާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ މައްޗަންގޮޅި ސަހަރާ ހުންނަ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް އެޅުނު ވަގުތީ ކޭބަލް ދާއިމީ ކުރުމަށްޓަކައި މައްޗަންގޮޅީގެ އިސްކަންދަރުމަގާއި, އައިމިނަރަނި ހިނގުމާއި, ދެވިނަމަގާއި, ޗާންދަނީމަގާއި, ކާނޭޝަންމަގާއި, ބޮޑުރަސްގެފާނުމަގާއި, މަދޮށިގޯޅި އަދި ނިކަގަސްމަގު މެނޭ ސަރަހައްދުން މިއަދު ހަވީރު ކަރަންޓު ޙިދްމަތް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ލަފާ ކޮށްފައިވަނާ 16:00 އިން 16:30 އާއި ދެމެދުއެވެ.
ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.
އެކުންފުނިން ދޭ ކަރަންޓުގެ ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަޕްގްރޭޑިންގެ މަސައްކަތް އެކުންފުނިން ދޭތެރެ ދޭތެރެއިން ކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް