މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖްލިސް ރައީސް އަބްދުﷲ މަސީހް ގެ އިތުބާރު ނެތްކަމަށް 51 މެންބަރުންގެ ސޮޔާއެކު މަޖްލިސްއަށް ވައްދައިފިއެވެ.
ސޮއިކުރި މެންބަރުންގެ ތެރޭގައި ޕީޕީއެމްގެ ބައެއް މެންބަރުން ނާއި އެމްްޑީއޭގެ ބައެއް މެންބަރުން ހިމެނެ އެވެ.
އިދިކޮޅުފަރާތް ތަކުން މަސީހު އިތުބާރު ނެތްކަމުގެ މައްސަލަ 3 ފަހަރެއްގެ މަތިން ވަނީ މަޖްލީހަށް ވައްދާފައެވެ.
އެގޮތުން އެންމެ ފުރަތަމަ އިދިކޮޅު މެމްބަރުން ހުށަހެޅި މައްސަލަ ނާކާމިޔާބު ވީއިރު، އޭގެފަހުން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލާގައި ގާނޫނީ މައްސަލަތަކެއް ހުރުމުން އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. ތިންވަނަ ފަހަރު ހުށައެޅިމައްސަލައިގެ ބޭރުކޮށްލީ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިގެންނެވެ.
ފުރަތަމަ މައްސަލަ ހުށައެޅިއިރު މައްސަލަ ހުށައެޅުމަށްޓަކައި ބޭނުންވަނީ 15 މެންބަރުންގެ ސޮއިއެވެ.
ނަމަވެސް މިދިޔަ އަހަރު މަޖްލީސް ގަވައިދަށް ގެނައި ބަދަލުގައި އެ އަދަދު ވަނީ 42 ކަށް އިތުރުކޮއްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް