ހިޔާ ޓަވަރުގެ 13 ވަނަ ފަންގިފިލާއިން ވެއްޓި، ކުއްޖަކު މަރުވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭ ހުންނަ ހިޔާ ޓަވަރަކުން ވެއްޓި، ފިރިހެން ކުއްޖަކު މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 1:26 ހާއިރުއެވެ. މި ހާދިސާގައި މަރުވެފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ. އެކުއްޖާއަކީ ގްރޭޑް 10 ގައި ތަޢުލީމް ހާސިލް ކުރަމުންދާ ދަރިވަރެކެވެ.
ފުލުހުންގެ މައުލޫމާތު ދޭގޮތުގައި، މި ކުއްޖާ ވެއްޓިފައިވަނީ ހިޔާ ޓަވަރު 5 ގެ 13 ވަނަ ފަންގިފިލާއިންނެވެ. ވެއްޓުނުއިރު، ކުއްޖާ ދިރިއުޅޭ އެޕާޓްމަންޓްގައި ގައި އުޅޭ އެންމެ ތިބީ ނިދާފައި ކަމަށް ”ވޮއިސް“ އަށް މައުލޫމާތު ލިބެއެވެ.
އަދި އެކުއްކާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް