ޔުއޭފާ ޗެންޕިއަންސް ލީގް: ޝާލްކޭ އަދި ޕޯޓޯ އަށްވެސް މޮޅެއް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޗެންޕިއަންސް ލީގުގަ ގުރޫޕް ޑީ ގައި ޝާލްކޭއިން ލޮކޮމޯޓިވް މޮސްކޯއާއި ދެކޮޅަށް ކުޅުނު މެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައިވަނީ ޝާލްކޭއެވެ.
މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޝާލްކޭއަށް ޖަހާދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 2 މިނެޓަށް ވެފައިވަނިކޮށް ވެސްޓަން މެކްކެނީއެވެ.

މި ގުރޫޕުގަ ކުޅެވުނު އަނެއް މެޗުގައި ޕޯޓޯއިން ގަލަޓަސަރާއިގެ މައްޗައް ކުރި ހޯދާފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ.
މި ލަނޑު ޕޯޓޯއަށް ޖަހާދިނި 49 ވަނަ މިނެޓުގައި އެޓީމުގެ މޫސާ މަރޭގާއެވެ.
ޝާލްކޭ އަދި ޕޯޓޯވެސް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރުވެ ޖެހުނު ލަނޑާއި ބައިކޮށް ވައިން ލަނޑުގެ ގޮތުންވެސް އެއްވަރުވެ ޕޮއިންޓުގެ ގޮތުން ހަމަހަމަވެ އޮތީ ގުރޫޕުގެ އެއްވަނައިގައެވެ.
ގުރޫޕުގެ ތިންވަނައިގަ ތިން ޕޮއިންޓާއެކު ގަލަޓަސަރާއި އޮތް އިރު ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ ލޮކޮމޯޓިވް މޮސްކޯ އޮތީ ގުރޫޕުގެ ފުލުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް