ދީދީގެ ސަސްޕެންޝަން ދަަމަހައްޓަން މަޖިލީހުން ތާއިދުކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ޖޭއެސްސީން ކޮށްފައިވާ ސަސްޕެންޝަން ދަމަހައްޓަން، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިހެން ފާސްކޮށްފައިވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ނިންމުމުގެ މައްޗަށް ބިނާކޮށެވެ.
މިއަދުގެ ޖަލްސާގައި ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެކޯޓުން ކޮށްފައިވާ އަމުރާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއް ކަމަށް، ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ނެރެފައިވާ އަމުރެއްކަމަށެވެ.
މިގޮތަށް ނިންމާފައިވަނީ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
މި ރިޕޯޓް ފާސްކުރި އިރުގައި، އެގޮތަށް އަމަލުނުކުރުމަށް ސުޕްރީމް ކޯޓުން ވަނީ އިއްޔެ އަންގާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް