ރައީސް ކޮކާ ކޯލާ ރަން އިން ލާމު ފަށްޓަވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮކާ ކޯލާ ރަން އިން ލާމު ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.
އެމަނިކުފާނު މެރަތަން ފަށްޓަވައިދެއްވީ ލ. ގަމުގައި އެ ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މެރަތަން ފެށްޓެވުމުގެ ރަސްމިއްޔާތަށްފަހު ރައީސް އެރަށުގެ ވަނީ ޒޯން ސްޓޭޑިއަމާއި ޔޫތް ސެންޓަރު ބައްލަވައިލައްވައިފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހައްދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވާ އެ ދަތުރުފުޅުގައި ލ. ގަމުގައި ބާއްވާ ޓީ.އެފް.ޖީގެ މެރެތަން ރަސްމީކޮށް ފައްޓަވައިދެއްވައި މެރަތަންގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން އެއަތޮޅުގެ ބައެއް ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް