އިނގުރައިދޫ ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
އިނގުރައިދޫ ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު 09 Mar 2023 | 09:33

އައިހަމްގެ ހެޓްރިކާއެކު ފޭދޫ ބަލިކޮށް އިނގުރައިދޫ ކުއާޓާ ފައިނަލަށް!

ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ދެވަަނަ ބުރުގައި ސ.ފޭދޫ އާއި ވާދަކޮށް ފަސޭހަކަމާ މޮޅުވެ ރ. އިނގުރައިދޫ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ދަނޑު ދޭއްގައި ރޭ ކުޅެވުނު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ސ.ފޭދޫ އާއި ވާދަކޮށް އިނގުރައިދޫ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

މިމެޗުގެ ފުރަތަަމަ ހާފުގައި އިނގުރައިދޫ ޓީމުގެ އައިހަމް ދެ ލަނޑު ކާމިޔާބު ކުރި އިރު އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޖުމާންއެވެ.

ފޭދޫ ޓީމުން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ސިދާމް އަލީ އެވެ. އަދި އިނގުރައިދޫ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް އައިހަމް އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗު ނިމެން އުޅެނިކޮށެވެ.

މި އަހަރުގެ މުބާރާތުގެ އަތޮޅު ބުރުގެ އިތުރުން ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދި އިނގުރައިދޫ ޓީމު މި މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ އިރު މުބާރާތުގެ ކުއާޓާ ފައިނަލުގައި އެޓީމު ވާދަކުރަންޖެހެނީ ހދ. އަތޮޅު ޗެމްޕިއަން ނައިވާދޫ އާއި ދެކޮޅަށެވެ.

ނައިވާދޫ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި ވިލިމާލެ އާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ކުއާޓާ ފައިނަލުގައި އިނގުރައިދޫ އާއި ނައިވާދޫ ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ ރެހެންދި ފުޓްސެލް ދަނޑުގައެވެ.

މި މުބާރާތުގައި އިގުރައިދޫ ޓީމުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް އެމްވީ ހަމަޖައްސާފައިވާއިރު، އެޓީމުގެ ސްޕޮންސަރުންނަކީ ޒީން، ސުޕާރީ ފިހާރަ އަދި ބޯލްޑް އެވެ. އެޓީމުގެ ކިޓް ސްޕޮންސާރ އަކީ ޖާޒިއާ އެމްވީ އެވެ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް