ރިހަ ފޮޅި
ރިހަ ފޮޅި
ލައިފްސްޓައިލް 20 Mar 2025 | 04:27

މިއަދު ރޯދަ ވީއްލާ ގަޑިއަށް ރިހަ ފޮޅި ކިހިނެއް ވާނެ؟

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ރިހަފޮޅި އަކީ ދިވެހިންގެ މެދުގައި މަގުބޫލު މީރު ހެދިކާއެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ރިހަ ފޮޅި ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެވެ.

ފުށް ގަނޑަށް ބޭނުންވާ ތަކެތި

1 ޖޯޑު ފުށް

1 ޖޯޑު ފެން

¼ ސައިސަމުސާ ރީނދޫ

½ ސައިސަމުސާ ލޮނު

ތައްޔާރު ކުރާނެ ގޮތް:

ލޮނު، ރީނދޫ އަދި ފުށް އެއްކޮށްލާފައި، ފެން އެޅުމަށް ފަހު އޮލަކޮށް ގިރާލާށެވެ. އެއަށް ފަހު ރޮށި ފިހާ ތަވާ އުނދުން މައްޗަށް އުދާފައި ހޫނުވީމާ، ބޮޑު އެއް މޭޒުމަތީ ސަމުސާ ފުށް ތަވާ މައްޗަށް އަޅާފައި ރީތިކޮށް ތުނިކޮށް ސަމުސަލުން ފަތުރާލާށެވެ. ރޮށީގެ ދެ ފުށް ފިހެވުމުން ނަގާލާށެވެ. ބާކީ ހުރި ފުށްތަކުންވެސް މި ގޮތަށް ރޮށި ފިހެލާށެވެ.

މަސްގަނޑަށް ބޭނުންވާ ތަކެތި:

1 ދަޅު މަސް

2 ފިޔާ (ކުދިކޮށް ކޮށާފައި)

1/4 ސައިސަމުސާ ގާނާފައިހުރި އިނގުރު

1/2 ސައިސަމުސާ ގާނާފައި ހުރި ލޮނުމެދު

1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)

1/2 ސައި ސަމުސާ ހަކުރު

1/4 ސައިސަމުސާ ތެޅި މިރުސް

ހިކަނދިފަތް (ކުދިކޮށް ކޮށާފައި)

1 ސައިސަމުސާ ކުކުޅު ހަވާދު

1 ސައި ސަމުސާ ޓޮމާޓޯ ޕޭސްޓް

1 ނޫޑްލްސް ސޫޕް ޕެކެޓް

ތެޔޮ

ތައްޔާރު ކުރާނެ ގޮތް:

1) ތަވާ އުނދުން މައްޗަށް އުދާފައި ކުޑަ ތެޔޮ ފޮދެއް އަޅާލާށެވެ. ތެޔޮ ހޫނުވީމައި ފިޔާ، އިނގުރު، ލޮނުމެދު، މިރުސް އަދި ހިކަނދިފަތް އަޅާފައި ފިޔާގަނޑު މީރު ކުރާށެވެ.

2) ފިޔާގަނޑު ރަތްވާން ފެށީމާ ނޫޑްލްސް ސޫޕް ޕެކެޓް އަޅާފައި ހަވާދު، ޓޮމާޓޯ ޕޭސްޓް އަދި ހަކުރު އަޅާށެވެ. އެއަށް ފަހު ދޭފަތުން ހަލަމުން ގެންދާށެވެ. ދެ މިނެޓަށް ކެއްކުމަށް ފަހު މަސްދަޅު ހިމުންކޮށްފައި އަޅާލާށެވެ. މާ ހިކި ނަމަ ކުޑަ ފެންފޮދެއް އަޅާލާށެވެ.

3) ދެން ހުރިހާ އެއްޗެއް އެއްކޮށްގައި ރޯފިލަން ދެން ދޭފަތުން ހަލަމުން ގެންދާށެވެ. ރޯފިލީމާ އުނދުން މަތިން ނެގުމަށް ފަހު މަސްގަނޑު ހިހޫވަންދެން ބަހައްޓާށެވެ.

ފޮޅި ހަދާނެ ގޮތް:

ފިހުނު އެއް ފޮޅި ނެގުމަށް ފަހު ތަށްޓެއް މަތީގައި ބާއްވާށެވެ. އެ ފޮޅީގެ ތެރެއަށް އެއް މޭޒުމަތީ ސަމުސާ މަސްގަނޑު އަޅާލާށެވެ. މަސްކޮޅުގެ ދެ ފަރާތުން ފަށްޖަހާލުމަށްފަހު އެއްކޮޅުން އަނެއް ކޮޅަށް ރޯލެއްހެން ފޮޅި އޮޅާލާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...