އިޓަލީގެ ކަލްޗަރަލް މިނިސްޓަރު ޖެނާރޯ ސަންގިއުލިއާނޯ
އިޓަލީގެ ކަލްޗަރަލް މިނިސްޓަރު ޖެނާރޯ ސަންގިއުލިއާނޯ
ދުނިޔެ 07 Sep 2024 | 07:22

ކޮންސަލްޓެންޓަކާއެކު ނަހަމަ ގުޅުމެއް ބޭއްވެވިކަން ފަަޅާއެރުމުން އިޓަލީގެ މިނިސްޓަރަކު އިސްތިއުފާ ދެއްވައިފި

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

އިޓަލީގެ ކަލްޗަރަލް މިނިސްޓަރު އެ ވުޒާރާގެ ކޮންސަލްޓެންޓަކާއެކު ނަހަމަ ގުޅުމެއް ބޭއްވެވިކަމަށް އެއްބަސްވެވަޑައިގަތުމާއެކު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އުމުރުން 62 އަހަރުގެ ޖެނާރޯ ސަންގިއުލިއާނޯ މީޑިއާގެ ތޫފާނެއްގެ ތެރެއަށް ވެއްޓުނީ އޭނާގެ ކުރީގެ ލޯބިވެރިޔާ މާރިއާ ރޮސާރިއާ ބޮކިއާ ލިންކްޑްއިންގައި "ބޮޑެތި ހާދިސާތަކުގެ" އެޑްވައިޒަރަކަށް ހަމަޖެއްސި ކަމަށް ބުނެ ޕޯސްޓު ކުރުމުންނެވެ.

އޭނާ އެންމެ ފުރަތަމަ އެ ވާހަކަ ދޮގުކުރި ނަމަވެސް ބުދަ ދުވަހު ދައުލަތުގެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ސަންގިއުލިއާނޯ ވަނީ ބޮކިއާއާ ގުޅުން އޮތް ކަމަށް އިއުތިރާފުވެ، މުސާރަ ނުލިބޭ ކޮންސަލްޓަންޓެއްގެ ގޮތުގައި އޭނާ ހަމަޖެއްސި ކަމަށް އިއުތިރާފުވެފަ އެވެ.
މިދިޔަ ހުކުރު ދުވަހު އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް މިނިސްޓަރުކަމުގެ އެއްވެސް އުސޫލަކާ ހިލާފުވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވަނީ ދޮގު ކުރަައްވައިފަ އެވެ.

އަޅުގަނޑު އެންމެ ފުރަތަމަ މައާފަށް އެދެންޖެހެނީ ލާމަސީލު މީހެއްކަމަށްވާ އަޅުގަނޑުގެ އަނބިމިހާގެ ކިނބައިން. އަދި އަޅުގަނޑަށް އިތުބާރު ކުރެއްވި [ބޮޑުވަޒީރު] ޖިއޯޖިއާ މެލޯނީއާއި އޭނާގެ ސަރުކާރަށް ލަދުވެތި ހާލަތެއް ކުރިމަތިކުރެވުނީތީ މައާފަށް އެދެން،" ސެންގިއުލިއާނޯ ވިދާޅުވި އެވެ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް