ކުރީ ސަރުކާރުގައި ފްލެޓްތައް ލިބުނު ފަރާތްތަކުގެ ނަންތައް ހާމަކޮށްފި
ކުރީ ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފްލެޓްތައް ލިބުނު ފަރާތްތަކުގެ ނަންތައް ހާމަކޮށްފިއެވެ.
މިއަދު ރައީސް އޮފީހުގެ ވެބްސައިޓްގައި ވަނީ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ލިސްޓާއި، ފްލެޓްތައް ލިބުނު ފަރާތްތަކުގެ ލިސްޓެއް ހާމަކޮށްފައެވެ.
މިއަދު ހާމަކުރި ލިސްްްޓްތަކުގައި ވަނީ ސިވިލް ސާވިސް ކެޓަގަރީ ނޫން ހުރިހާ ކެޓަރީތަކުން ފްލެޓް ލިބުނު މީހުންގެ ނަމާއި އެޑްރެހާއި އައިޑީކާޑް ނަންބަރު ފަދަ ހުރިހާ މައުލޫމާތެއް ހާމަކޮށްފަ އެވެ. އަދި ބައެއް ކެޓަގަރީތަކުން، ލިބުނު ޕޮއިންޓް ވެސް ހާމަކޮށްފައިވެ އެވެ.
މީގެ ތެރޭގައި ހިމެނެނީ "ހިޔާ މަޝްރޫއު" އާއި "ގެދޮރުވެރިކުރުމުގެ މަޝްރޫއު" އަދި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" ގެ ފްލެޓް ލިބުުނު ފަރާތްތަކާއި ހުށައެޅި ފަރާތްތަކެވެ.
ނަމަވެސް މީގެން ބައެއް ފަރާތްތަކުގެ މައުލޫމާތު ފުރިހަމަ ނޫންކަން ފާހަގަކޮށްލެވެއެވެ. އެއީ ފޯމު ނަންބަރު ނިސްބަތްވާ މީހުންގެ ތެރެއިން، އެ މަޝްރޫއެއްގެ ޑޭޓާބޭސްގައި މައުލޫމާތު ފުރިހަމަ ނުވާތީކަމަށް ފްލެޓްގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމެޓީން މައުލޫމާތުދެއެވެ.
އެ ކޮމިޓީން މިއަދު ވަނީ ފްލެޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ.
ނިމި ދިޔަ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ލިސްޓްގައި ވަނީ ފްލެޓްއަށް އެދުނު ފަރާތްތަކުގެ ފޯމް ނަންބަރު އެކަނިއެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ފްލެޓްތަކާއި ބެހޭ ކޮމެޓީގެ ނައިބު ރައީސް ތޮލާލް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ފްލެޓްތައް ދޫކުރުމުގައި ބޮޑެތި މައްސަލަތައް ފާހަގަވެފައިވާކަމަށެވެ.
އެގޮތުން އިނދެގެން އުޅޭ ދެމަފިރިންނަށްވެސް އުސޫލާއި ޚިލާފަށް ފްލެޓް ލިބިފައިވާކަން ހާމަވެފައިވާކަމަށް ތޮލާލް ވަނީ ވިދާޅުވެފައެވެ.
https://www.facebook.com/media/set/?set=a.309989733038778&type=1&l=3af80b59bc&_rdc=1&_rdr
https://www.facebook.com/media/set/?set=a.309986653039086&type=1&l=32583b8bb8&_rdc=1&_rdr
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް