އެއީ ތެދެކެވެ، އެއީ ހަމަ ހިތާ ހިތުގެ ގުޅުމެއް !
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އަޅުގަނޑު އުފަންވީ ބަޑި ބުރާސްފަތީގެ އަށްމަސް ކުރިންނެވެ. އެހެންކަމުން އުމުރުން ވީދުވަހެއް ވީތާއެވެ. މިހާތަނަށް ގައުމުގެ ތާރީހުގައި އެތަށް ކަމެށް ހިނގާފައި ހުންނާނެތާއެވެ. އަދިވެސް ދާނީ އެ ވާހަކަތަށް ދައްކަމުންތާއެވެ. މިހާރުދެން ލިޔަން މިއުޅެނީ ކޮންވާހަކެއްކަން ތިބޭފުޅުންނަށް އެގިދާނެ ތޯއްޗެކެވެ.
ބުރާސްފަތި ދުވަހަކީ އަބަދުވެސް ހަފްތާގެ ފަހު ދުވަހަށް ވާތީވެ އަޅުގަނޑުގެ މަސައްކަތް ކުރުމުގެ ރޭޓް ގިނަފަހަރަށް އެހެން މީހުންނެކޭ އެއްގޮތަށް ދަނީ ދައްކޮށެވެ. އަދި ގިނަފަރަށް ކޮންމެވެސް ތަނަކަށް ދެވޭތޯ ބަލަމެވެ. އެހެންކަމުން މަސްވެރިކަމު ދޭވޭތޯ އުޅުނީމެވެ. އެންމަހަށް ބަޑައިދޫ ޕެކެޓެއް ގަންނަން ނިކުނަނިކޮށް މިއަދަކީ ބޮޑު ދުވަހެކޭ ބުނާތީ އެހީމެވެ. ތެދެކޭ ރައީސް ނަޝީދު މާލެ އަބުރާ އަންނަދުވަހެވެ. އެހެންކަމުން މަސްވެރިކަމު ދިއުން ހުއްޓާލައި ދެންހުރި ކަންތަށް ކުރެވޭތޯ ބޭލީމެވެ. ވާނުވާ ބަލާލަން ދިއުމުގެ އުންމީދުގައެވެ.
ތެދެކެވެ. މިކީ އަލަކަށް ވެރިޔަކު ގައުމަށް އެބުރި އައިފަހަރެއްނޫނެވެ. އައިސްގެން ރައްޔިތުން އަރުވައި ޖަހައިގެން މަރުޙަބާ ކިޔަން އަލަކަށް ނިކުތް ފަހަރެއްވެސް ނޫނެވެ. ޔަގީންވާ އެއްކަމެއް އެބޮއޮތެވެ. ރައީސް ނާޝީދު މާލެ އަމުން ގައުމުގެ ރައްޔިތުން ކިބައިން ތަފާތު ކަންތައްތަކެއް ފެންނާނެކަން އެންމެނަށްވެސް ޔަގީކުރެވެއެވެ.
ކޮންމެއަކަސް މެންދުރު ފަހު ދޭއްގެ ފަހުން ޓީވީ ބަލަން އިނީމެވެ. ރައީސް ނަޝީދު މާލެ ވަޑައިގަންނަވާތީ ތައްޔާރުވާ މީހުންތަށް ފެންނަމުން ދެއެވެ. ގަދަ ރަންރީނދު ކުލަގަނޑު ގަދަކަމުން ލޮލަށް ތުރާއެވެ. ފަޅު އޮޑި ތަކުގައި ނުކުމެ އުޅޭ މީހުން އުޅެއެވެ. ވަރަށްވެސް މަންޒަރު ޗާލެވެ. އޭރު ޓިވީ އަށް އަރާ މިއިނީ އެއްކަލަ މިއުވާނެ، އެންމެ ގާތް އެއް ރަހުމަތްތެރިޔާއެވެ. އެހެންކަމުން މިއުވާން ތަޅާނެ އަގަޔާއި، ދައްކާނެ ވާހަކަޔާ، މާހައުލް ސިފަކުރާނެ ގޮތް އިގޭނީ މަށައްތާއެވެ. އެބުނާ ފިޔާތޮށި ކުދިން ބުނާ ގޮތަށް ބުނާނަމަ މިއުވާން އަބުރާނެ ގޭސް އިގޭނީ މަށައްތާއެވެ. ކޮންމެއަކަސް ޓީވީ ބަލަން ނީނދެ ޖުމްހޫރީ މައިދާނަށް ދާން ނުކުތީމެވެ. މަންޒަރު ގާތުން ބަލާލުމުގެ ބޭނުމުގައެވެ. އޭރު ރައީސް ނަޝީދު ދަތުރު ފުޅު ކުރެއްވި ބޯޓް ޖައްސައި އެއްކަލަ ސިޔާސީ ބައިގަނޑާ ސަލާން ކުރަމުން ދެއެވެ.

ހިގާލާފައި ޖުމްހުރީ މައިދާނަށް ދިޔައިމެވެ. ފެނުނީ ތަފާތު މަންޒަރުތަކެވެ. ހިތަށް އައީ ހުސް ސުވާލެވެ. މިމީހުން މިއުޅެނީ ކޯންޗެއް ފެނިގެންތޯ ނޫނީ ކޮން އެއްޗެއް ލިބިގެންތޯ ހިތާ ހިތާ ސުވާލު ކުރަމުން ދިޔައީމެވެ. ކޮންމެ އަކަސް ގަދަ ހަދަމުން ގޮސް މީހުންގަނޑު ފަޅަމުންގޮސް ޖުމުހުރީ މައިދާނުގައި އިށީންނަން ހަދާފައި ހުރި ތަނުގެ މަށްޗަށް ކޮޅަށް އަރާ ހުރީމެވެ. އެއްޗެކޭ ހީ ނުކުރަށްވާށެވެ. މި މަންޒަރުތައް ކައިރިން ބަލަންވެގެންނެވެ. ނުބަލާ މިވާހަކަ ދައްކާނީ ކިހިނަކުން ތޯއެވެ.
ކޮންމެއަކަސް އޭރު ރައީސް ނަޝީދު ފާލަން މައްޗައް ފައިބަނީއެވެ. ކައިރީގާ ހަށިފާރަވެރިން ތިއްބެވެ. އިންތިޙާބީ ރައީސް އިބޫ، ގާސީމް އަދިވެސް ސިޔާސީ ފަރާއްތަކުން ތިއްބެވެ. އަޅުގަނޑު ހުއްޓުން އާރާފިއެވެ. މާހައުލް ރައްޔިތުންގެ އަޑުން ގުގުމަމުންދިޔައެވެ. މިހާރު އިވެމުން މިދާ އިސީ ސަރީފޫ ، އިސީ ސަރީފުގެ އަޑު ކެޑި ރައީސް ނަސީދުގެ އަޑުން މުޅިތަން ގުގުމަމުން ދިޔައެވެ. މިކަހަލަ ތަނެއް ކުރިން ނުދެކެމެ، ނޫންނަމަ ސިޔާސީ ފަރާތެއް އައިސްގެން ދެން ހިނގާފާނެ ކަމަށް ގަބޫލް ކުރަން ދައްޗެވެ. ފަހަރުގައި މައިކަލް ޖެކްސަންގެ ކޮންސެޓަކަށް ދެވުނުނަމަ މިހެން ނުބުނީސް ތޯއްޗެކެވެ.

މިއަދު އަޅުގަނޑަށް މިފެނުނީ މަންޒަރެކެވެ. ދުއްތާނާ އިވުނު އަޑު ކިޔައި ދޭނަމެވެ. ޔަގީންވާ ކަމަކީ ރާއީސް ނަސީދަށް އޮތް ލޯބި ރައްޔިތުންގެ ކިބައިގައި ބޮޑެވެ. ރައްޔިތުންގެ މުނޫން އެފެނުނު އުފާވެރިކަމަކީ ބޮޑު އުފާވެރިކަމެވެ. ފެނިގެން ދިޔައީ އުންމީދެވެ. ފެނިގެން ދިޔައީ ވެރިއަކަށް ރައްޔިތުން ތަކެއް ކުރާ އިޙްތިރާމާއި ލޯތްބެވެ. ފެނިގެން ދިޔައީ އެކަނި މީހަކަށް ރައްޔިތުން ބަލައިގަން މިންވަރެވެ.
ދެން އޮތީ ރައީސް ނަޝީދު ގެ ފަރާތުން އެފެނުނު ކަންތައްތަކެވެ. ރައީސް ނަޝީދަކީ އަބަދުވެސް ރައްޔިތުން ގާތަށް ހިނިތުން ވާ މޫނަކައިގެން ނުކުންނަ ބޭފުޅެކެވެ. މިއަދުވެސް އެގޮތެވެ. ތަފާތެއްނެތެވެ. ތަފާތު ވާންވީ ސަބަބެއްނެތެވެ. ރައްޔިތުން އުތުރި އަރަނީ އެވެ. ރައީސް ނަޝީދުގެ ނަމުން ގޯވާމީހުން ގޮވަނީއެވެ. ރައީސް ނަޝީދު މަގުމަތީ ތިބި މީހުންނަށް ހަނާ އަޅަމުން ދިޔައީ މަގުމަތީގައި ތިބި މީހުނަށް އެކަންޏެއް ނޫނެވެ. އުސް އިމާރާތް ތަކުގައި ތިބި މީހުންނަށް ވެސްމެއެވެ.
އަމީނިއްޔާ ސްކޫލް އާއި ހިސާބަށް ދެއްވިއްޖެއެވެ. ލައްކަ މަންޒަރު ފެނިއްޖެއެވެ. އަސްލުވެސް އެއީ ހިތާ ހިތުގެ ގުޅުމެކެވެ. އިތުރަކަށް ކިޔާނެ ނަމެއް ސިފަކުރާނެ ގޮތެއް ހޯދަން ރަނގަޅުވާނީ ނޫޅުނިއްޔާއެވެ. ކޮންމެއަކަސް މަޖީދީ މަގަށް އެރުމުގެ ބަދަލުގައި ލިލީ މަގުން ގޮސް އެމްޑީޕީ ހަރުގެ ކައިރީ ގޮސްހުރީމެވެ. އެތަންވެސް އޮތީ ތައްޔާރަށެވެ. މީހުންގަނޑު ކެކި ނަގަނީއެވެ. އުފަލުން ފޮޅެނީއެވެ. މީ ހަމަ އަންނިއަށް އޮތް ތައީދުތޯ ހިތަށް އަރަމުން އޭރުވެސް ދިޔައެވެ ނަމަވެސް ފެނުނު މަންޒަރާ، އިވުނު އަޑުތަކާ، ފެނުނު ޕޯސްޓަރ ތަކުން އަޅުގަނޑަށް އަދި މި ބޭނުން ކުރެވެނީ ރަނގަޅު ބަސްނޫން ކަން ޔަގީން ވިއެވެ. އެހެނަކުން އެކަންޏެއްވެސް ނޫނެވެ. ވިސްނެނީ ރަނގަޅަށްވެސް ނޫންކަން އެގިގެން ދިޔައެވެ. އެއީ ތާއިދެއް ނޫނެވެ އެއީ ލޯތްބެވެ. ހިތާ ހިތުގެ ގުޅުމެކެވެ.

ބަލަން ހުއްޓާ ރައީސް ނަޝީދު އައިސް ސްޓޭޖަށް އެރިއެވެ. ދެން އެފެނިގެން ދިޔަ މަންޒަރުގެ ވާހަކަ ނުދައްކާނަމެވެ. ދެން ވީގޮތާ ވާނެއްގޮތް އެގޭ ދެއްތޯއެވެ. ރައީސް ނަޝީދު ގެ ވާހަކަ ފެށިއެވެ. ފެއްޓެވީ ހައްގު ތަކުގެ ވާހަކައިންނެވެ. ބޯހިޔާ ކަމުގެ ވާހައެވެ. ފުދުން ތެރިކަމުގެ ވާހަކައެވެ. އަދި މިނިވަން ކަމުގެ ވާހަކައެވެ. ރައީސް ނަޝީދު އަކީ އަބަދުވެސް ވާހަކަ ފުޅު މޮޅު ބޭފުޅެކެވެ.
އެހެން ނަމަވެސް މިވަގުތަށް ގައުމު ބޭނުންވަނީ ހައްގުތަށް ނޫން ތޯއެވެ ؟ ވަންނާނެ ގޯތި ގެދޮރު ނޫންތޯއެވެ ؟ ދިރި އުޅުމުގެ ދަތި ދުވަސް ވަރެއްގައި ޖީބް ތަނަވަސް ވުން ނޫންތޯއެވެ. ކޮންމެއަކަސް ވާހަކަ ފުޅުން އުންމީދު އާވެގަން ދިޔަކަހަލައެވެ. މިހެން މިދެންނެވީ ފެނުނު މަންޒަރުތަކުންނެވެ. އިވުނު ފޯރީގެ އަޑުފައްގަޑުން ނެވެ.
ރާއީސް މައުމޫންގެ ވެރިކަން ދުށީމެވެ. ރައީސް ވަހީދުގެ އަދި ރައީސް ޔާމިންގެ ވެރިކަންވެސް ވަރަށް ގާތުން ބަލާލެވިއްޖެއެވެ. އެބޭ ފުޅުންގެ ސަޕޯޓަރުން ވެސް ދުށީމެވެ. ނޫންނަމަ ސަޕޯޓް ކުރިގޮތާއި އުޅުނު ގޮތްވެސް ފެނިއްޖެއެވެ. ޔަގީނުން ވެސް އެތާތިބީ މިލިއަނުން ލާރިދީގެން ގެނައި ރައްޔިތުން ނޫނެވެ. އަމިއްލަ އަށް ފެނިގެން އައިސް ތިބި ރައްޔިތުންނެވެ.
ވަކި އުމުރެއް، ވަކި ޖިންސެއް ނެތެވެ. ހައްތާވެސް ތިބީ އުފަލުން ފޮޅިފަ ތިބި ރައްޔިތެކެވެ. މީ އަޅުގަނޑުގެ އަމިއްލަ ލޮލަށް ފެނުނު މަންޒަރެވެ. ކަންފަތަށް އިވުނު އަޑެވެ. އެއީ ތައީދު އެކަންޏެއް ނޫނެވެ. ނުގުޑާފަދަ ގުޅުމެކެވެ. ހިތާ ހިތުގެ ގުޅުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް