N/A
N/A
ހަބަރު 06 Nov 2018 | 15:44

ވަގުތީ ލިސްްޓުން 800 މީހުން އުނި ކުރެވުނު

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ހުށުމާލޭ ދެވަނަ ފިޔަވަހިން ދޫކަރަން ނިންމާފައިވާ ހިޔާ މަޝްރޫއުގެ ވަގުތީ ލިސްޓުގައި ހިމެނުނު 800 އަށް ވުރެ ގިނަ މީހުންގެ ނަން ދާއިމީ ލިސްޓުން އުނިކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ، ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ތިން ހަފްތާގެ ތެރޭގައި 3000 އަށް ވުރެ ގިނަ ޝަކުވާ ހުށައަޅާފައިވާ ކަމަށާއި ދާއިމީ ލިސްޓު އިއުލާނު ކުރުމުގައި ހުށަހެޅިފައިވާ ޝަކުވާތަކަށް ބެލިފައިވާނެ ކަމަށެވެ.

އަދި މިނިސްޓްރީގެ އިހްމާލުތައް އިސްލާހް ކޮއްފައިވާކަމަށާއި ހުށަހެޅިފައިވާ ޝަކުވާތައް މަދުވެގެން ދެ މީހުން މެދުވެރިކޮށް ބަލާފައިވާ ކަމަށެވެ.

މީގެ އިތުރުން ފްލެޓްތައް ދީފައި ވަނީ ދެފުއް ފެންނަ ނިޒާމެއްގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތަކަށް ޕޮއިންޓް ލިބޭނެ ގޮތާއި ޝަރުތުތައް ވެސް ކުރިއާލާ ހާމަކުރެވިގެންކަ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހިޔާފުލެޓަށް ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލުމުން 22،000 އަށް ވުރެ ގިނަ ފޯމު ހުށަހެޅި ކަމަށާ މިފަރާތްތަކަށް ފްލެޓްތައް ދިނުމުގައި ދެ ލިސްޓަކަށް ކެޓަގަރީތައް ބަހާލެވިފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެއި 7،000 ފްލެޓްގެ މަޝްރޫއު ލިސްޓާއި 2،500 ފްލެޓްގެ މަޝްރޫއުގެ ލިސްޓެވެ.

7،000 ފްލެޓްތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެއް ކެޓަގަރީގެ ފްލެޓްތައް ދޫކުރުމުގައި ކުރިމަތިލާފައިވާ ހުރިހާ ފަރާތްތަކަށް ފްލެޓް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

" ދެމަރިފިންނަށް ލިބިއްޖެ ނަމަ އެއް ފަރާތަކަށް ފްލެޓް ލިބޭނީ. އެގޮތަށް ވަގުތީ ލިސްޓުގައި ނަން ހިމެނުނު އެހެން ނަމަވެސް ދާއިމީ ލިސްޓުގައި ނަން ނުހިމެނޭ 768 ފަރާތެއް ނަން ހިމެނޭނެ. ޓާޓާ އާއި ގުޅީފަޅު ފްލެޓް ލިބުނު ފަރާތްތަކުގެ ނަންތައްވެސް ނުހިމެނޭނެ. ޓާޓާ އަދި ގުޅީފަޅުން ފްލެޓް ލިބުނު ހުރިހާ ފަރާތްތަކަށްވެސް ފްލެޓް ލިބިގެންދާނެ. މަދުން ނަމަވެސް މައުލޫމާތު އޮޅުވާލައިގެން ހުރި ފަރާތްތަކުގެ ނަންތައްވާނީ އުނިކުރެވިފައި. އެކެޓަގަރީން 46 ފަރާތެއްގެ ނަން ވާނީ އުނި ކުރެވިފައި." މުއިއްޒު ވިދާޅުވިއެވެ.

2،500 ފްލެޓްގެ މަޝްރޫއުގެ ލިސްޓު އާންމުކުރިކަމުގައި ވީނަމަވެސް އަދި މިހާތަނަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތެއް ނުފަށައެވެ.

މިހެން ކަންކަން ހުރުމާއި ޔާމީންގެ ސަރުކާރު ނިމުމަކާ މިހާ ގާތްވެފައިވަނިކޮށް ފުލެޓްތަކުގެ ލިސްޓް އާންމުކޮއްފައިވާތީ ގިނަބަޔަކުދަނީ މި ފުލެޓްތައް ދެން އަންނަ ސަރުކާރެއްގައި ލިބޭނެތޯ ސުވާލު އުފައްދަަމުންނެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މި ފްލެޓްތައް އަންނަ ސަރުކާރުގައި ވެސް ކަނޑައެޅުނު ފަރާތްތަކަށް ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ދެ މަޝްރޫއުއަކީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ފްލެޓް ލިބިގެންދާނެ ފަރާތްތައް ކަމަށާއި މި ފްލެޓްތަކުގެ މަސައްކަތް 2019 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...