އިހަވަންދޫގައި އިތުރު އާރުއޯ ޕްލާންޓެއް ގުޅައި، ބޭނުން ކުރަން ފަށައިފި
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ފެނަކައިން ދެމުންގެންދާ ފެނުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތަށް ދިނުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ހއ.އިހަވަންދޫގައި އިތުރު އާރު.އޯ ޕްލާންޓެއް ގުޅައި ޚިދުމަތް ދޭން ފަށަފިއެވެ.
މި އާރު.އޯ ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ފެން އުފެއްދުމުގެ ކެޕޭސިޓީ ހުރި ޕްލާންޓެކެވެ.
މީގެ ކުރިން އެރަށުގައި ފެނުގެ ޚިދުމަތް ދެމުން ގެންދިޔައީ 50 ޓަނުގެ ކެޕޭސިޓީ ޕްލާންޓަކުން އެކަނި ކަމަށް ވުމުން، އަލަށް މި އިތުރު ކުރެވުނު ކެޕޭސިޓީއާއެކު، ދުވާލަކު ފެން އުފެއްދޭވަރު ދެގުނަ ކުރެވި، ދުވާލެއްގެ މައްޗަށް 100 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލްކަން ލިބިގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.
ފެބްރުއަރީ 16 ވަނަ ދުވަހު ޚިދުމަތަށް ބޭނުން ކުރަން ފެށުނު މި އާރު.އޯ ޕްލާންޓާއެކު، އެރަށުގައި ބޭނުންވާ ޑިމާންޑަށް ފެން ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބި، ޚިދުމަތް ރަނގަޅުވެގެން ދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް