ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ: ސްޓެލްކޯ
ސްޓެލްކޯއިން މާލެ އާއި ހުޅުމާލޭގެ ކަރަންޓްގެ ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ މިއަދުގެ މެންދުރުފަހު ހުޅުމާލޭ ފުރުތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިކަން ހާމަކޮށް ސްޓެލްކޯއިން ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނިން މިވަގުތު ހުޅުމާލޭގައި ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ މިއަދު މެންދުރުފަހު 14:00 އިން ފެށިގެން 15:00 އާއި ހަމައަށް ހުޅުމާލޭ ފުރުތަމަ ފިޔަވަހީގެ ނިރޮޅު މަގު، ކާނި މަގު، ލަންސިމޫ މަގު، އަސުރުމާ ހިނގުން، ނިރޮޅު މަގު ގޯޅި 17، 18، އަދި 19 ގެ އިތުރުން ޗަނބޭލީ މަގު ގޯޅި 4 އަދި 5 ހިމެނޭ ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށެވެ.
ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް ވެސް އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް